ދަތުރު ދުޢާ
اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ ، اللَّهُمَّ إِنَّا نسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَّفَرَنَا هذا وَاطْوِ عَنَّا بُعْدَهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ ، وَالْخَلِيفَةُ فِي الأَهْلِ ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ ، وَكَآبَةِ الْمَنْظَرِ وَسُوْءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ
އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. މިސަވާރީ ކިޔަމަންތެރިކުރެވޭ ބައެއްކަމުގައި އަޅަމެން ނުވާޙާލު، މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރި ދިއުންވަނީ އިބަ ﷲ ގެ ޙަޟްރަތަށެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! މިދަތުރުގައި އަޅަމެން އިބަ ﷲ ގެ ޙަޟްރަތުން ހެވަށާއި ތަޤުވާވެރިކަމަށާއި އިބަ ﷲ ރުއްސަވާ ޢަމަލަށް އެދެމުއެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! މިދަތުރު އަޅަމެންނަށް ފަސޭހަކޮށްދެއްވާނދޭވެ! އަދި މި ދަތުރުގެ ދިގުކަން ކުރުކަމުގައި އަޅަމެންނަށް އިޙްސާސްކޮށްދެއްވާނދޭވެ! އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! ދަތުރުގައި އަޅަމެންގެ އެކުވެރިއަކީ އިބަ ﷲ އެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! އަދި މިއަޅާގެ (ގޭގެ) އަހުލުވެރިންގެ ޚަލީފާއަކީ (އެބައިމީހުންގެ ކަންތައްތައް ބަލަހައްޓަވައިދެއްވާ ފަރާތަކީ) ވެސް ހަމަ އިބަ ﷲ އެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! ދަތުރުގެ އުނދަގޫކަމާއި، ހިތާމަކުރުވަނިވި މަންޒަރުން އަދި މުދަލާއި އަހުލުވެރިންގެ ތެރެއިން އަންނަ ނުބައި ބަދަލަކުން ރައްކާތެރިކޮށްދެއްވުމަށް އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ.