ނަޞޭޙަތާއި އިރުޝާދު
ފައިދާކުރަނިވި ޢިލްމެއް ލިބިފައިވާކަމުގެ ޢަލާމާތްތަކާއި ފޮތްތަކާމެދު ޢަމަލުކުރަންޖެހޭގޮތް

ފައިދާކުރަނިވި ޢިލްމެއް ލިބިފައިވާކަމުގެ ޢަލާމާތްތައް

1. ފައިދާކުރަނިވި ޢިލްމެއް ލިބިފައިވާކަމުގެ ޢަލާމާތްތައް.

* ޢިލްމަށް ޢަމަލުކުރުން.

* މީހުންގެފަރާތުން މަދަޙައާއި ޘަނާ ލިބުމަށްނުއެދުމާއި، ބޮޑާވެރިކަމުން ސަލާމަތްވުން.

* ޢިލްމު ލިބޭ މިންވަރަކަށް ތަވާޟުޢުވެރިކަން އިތުރުވުން.

* މަޝްހޫރުކަމާއި، ބޮޑުކަމާއި، ދުނިޔެއަށް އެދުމުން ދުރުހެލިވުން.

* ޢިލްމު ފެތުރުމަށް މަސައްކަތްކުރުން.

* އަމިއްލަ ނަފްސު ރަނގަޅުކަމުގައި ނުދެކުން.

2. ޢިލްމުން ފައިދާ ކުރުވުން: އެގޮތުން ތިމާއަށް ލިބިފައިވާ ޢިލްމަކުން ތިމާގެ އަމިއްލަ ނަފްސަށާއި އެހެން މީސްތަކުންނަށް ފައިދާކުރުވުމަކީ ޢިލްމު އުގެނޭމީހަކު އަދާކުރަންޖެހޭ އެއް މަސްޢޫލިއްޔަތެވެ. އެކަމަކީ ޢިލްމަށް އަމާނާތްތެރިވުމުގެ ތެރެއިން ހިމެނޭކަމެކެވެ. އަދި ޢިލްމު ހަނދާންނެތުމުން ދުރުކޮށްދީ، ތިމާއަށް ގިނަގުނަ ޘަވާބާ ދަރުމަ ލިއްބައިދޭނެކަމެކެވެ. މިއީ ރަސޫލުބޭކަލުންނާއި، ނަބީބޭކަލުންނާއި، އެނޫން ހެޔޮލަފާ ޞާލިޙު ބޭކަލުންތައް ހިންގެވިމަގެވެ.

3. ޢިލްމަށް އޭގެ ޢިއްޒަތްދިނުން: އެގޮތުން ޢިލްމަކީ ކިހާވަރެއްގެ މަތިވަރިކަމެއްކަން އުނގެނުމާއި، ޢިލްމުގެ އަހުލުވެރިންނަށް ޤަދަރުކުރުންވެއެވެ. އަދި ޢިލްމު އުގެނި އެޢިލްމަށް ދޭންޖެހޭ އެންމެހާ ޙައްޤެއް ދިނުމަކީ ޢިލްމަށް ދޭންޖެހޭ ޢިއްޒަތްދިނުމެވެ.

***

ފޮތްތަކާމެދު ޢަމަލުކުރަންޖެހޭގޮތް

1. ފޮތުގެ އެކުވެރިއަކަށްވުން.

އެގޮތުން ފައިދާކުރަނިވި ފޮތްތައް ހޯދައި، އެފޮތްތަކުން މަންފާ ލިބިގަތުމަކީ މުހިއްމުކަމެކެވެ. ޚާއްޞަގޮތެއްގައި ބޮޑެތި ޢިލްމުވެރިންގެ ފޮތްތައް ކިޔައި ހެދުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އަދި ބިދުޢަވެރިންގެ ފޮތްތަކުންނާއި، ތަފާތު ޚުރާފީ ވާހަކަތައް އައިސްފައިވާ ފޮތްތަކުން ދުރުހެލިވާށެވެ.

2. ފޮތް ލިޔުއްވި މުއައްލިފުގެ މުޤައްދިމާ ކިޔާލުން.

3. ފޮތެއް ހޯދުމަށްފަހު އެފޮތުގެ މުޤައްދިމާއާއި، ފިހުރިސްތާއި، މައުޟޫޢުތައް ބަލާލުމަށްފަހުގައި މެނުވީ ފޮތް ދޫކޮށްނުލާށެވެ.

4. ފޮތްތަކަށް އިޙްތިރާމްކުރުން.

0