ނަޞޭޙަތާއި އިރުޝާދު
އަހަރެންގެ ގާތްތިމާގެ މީހުން އަހަންނާމެދު ނުބައިކޮށް ހިތަނީ 2

އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((غَيْرَ أَنَّ لَكُمْ رَحِمًا سَأَبُلُّهَا بِبَلَالِهَا)) [رواه مسلم]

މާނައީ: (ﷲ ތަޢާލާ އިރާދަކުރައްވާކަމަކާ ދެކޮޅަށް ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ޙިމާޔަތް ނުކުރެވޭނެއެވެ.) ތިމަންކަލޭގެފާނާ ތިޔަބައިމީހުންނާ ދެމެދުގައިވާ ރަޙިމުގެ ގުޅުން ފިޔަވައެވެ. ތިމަންކަލޭގެފާނު އެ ޤާއިމުކުރައްވާނަމެވެ.”

އަދި އެކަލޭގެފާނުގެ ބައެއް ތިމާގެ މީހުން އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަކުރެއްވުމުންވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَىٰ﴾[الشورى ٢٣]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: ތިމަންކަލޭގެފާނުގެ ރަސޫލުކަން އިއްވެވުމުގެ މައްޗަކަށް) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބަޔަކުން އެއްވެސް އުޖޫރަޔަކަށް އެދިވަޑައެއް ނުގަންނަވަމެވެ. ގާތްތިމާގެކަމުގެ ލޯބިމެނުވީއެވެ.”

ތިބާގެ ގާތްތިމާގެ މީހަކު ތިބާއަށް ނުބައިކޮށް ހިތައިފިނަމަ އޭގެ ބަދަލުގައި އޭނާއަށް ހެޔޮކޮށް ހިތާށެވެ. ޝަރުޢީ ގޮތުން އެކަމަށް އޮތް ފަރުވާއަކީ އެއީއެވެ. ނުބައިކަމެއް ކުރާމީހަކާ ހެޔޮކަމައިގެން ބައްދަލުކުރާށެވެ. އޭގެ ސަބަބުން އެފަދަ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ މަތިވެރިވެގެންދެއެވެ. އަދި މަޚްލޫޤުންގެ ގާތުގައި ޢިއްޒަތްތެރިވެގެން ދެއެވެ. އެއީ ނަފްސުގެ ހުންނަ ނުބައިކަމުން އެފަދަ މީހަކު ދުރުހެލިވެފައިވާތީއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَ﴾ [المؤمنون ٩٦] މާނައީ: “އެންމެހެޔޮ ރިވެތިގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ!” މި ޞިފަ ލިބުމުގެ ތައުފީޤު ލިބިގެންދާނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ނަފްސު އެއީ އަގެއް ނެތް އެއްޗެއްކަމަށް ހެދިމީހަކަށެވެ.

_______________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މަސްދަރު؛ ދިސަލަފިއްޔާ

0