ނަޞޭޙަތާއި އިރުޝާދު
އަހަރެންގެ ހިތް ވަރަށް ހަރު، ޙައްލަކީ ކޮބާ؟ 3

2. ފާފަތަކުން ގުނަވަންތައް ރައްކާތެރިކުރުން

ފަހެ މިއުޒިކު އަޑު އެހުމާއި މީސްތަކުންގެ ޣީބަ ބުނާ އިރު އެވާހަކަތައް އަޑު އެހުންފަދަ ކަންކަމުން ދުރުހެލިވާށެވެ. އަދި ޙަރާމްކުރައްވާފައިވާ މަންޒަރުތައް ބެލުމުން ރައްކާތެރިވާށެވެ. އަދި ދޮގުހެދުމުން ދޫ ރައްކާތެރިކުރާށެވެ.

3. ކީރިތި ޤުރުއާނުގެ ތަފްސީރު ކިޔުން ގިނަކުރުން

ކީރިތި ޤުރުއާނުގައި ވަޢުޡާއި ޢިބްރަތްވެއެވެ. އަދި އުންމީދާއި ބިރުވެތިކުރުވާފަދަ ވާހަކަތައްވެއެވެ. އަދި ވަޢުދާއި ވަޢީދުވެއެވެ. (ވަޢުދަކީ ހެޔޮ ޢަމަލުކުރާ މީހުންނަށް ހުރި ހެޔޮކަމުގެ ވާހަކައެވެ. ވަޢީދަކީ ނުބައިކަން ކުރާ މީހުންނަށް ހުރި ނުބައިކަމުގެ ވާހަކައެވެ.) ފަހެ ހަމަކަށަވަރުން ޤުރުއާން ކިޔަވަމުން ދާއިރު އެކިޔަވާ މީހާއަށް އެމާނަތައް ނުވިސްނިދާނެއެވެ. އެހެންކަމުން އެއާ މެދު ވިސްނާ ފިކުރުކުރުމަށްޓަކައި ކީރިތި ޤުރުއާނުގެ ތަފްސީރާއި މާނަ ކިޔުން ހުއްޓެވެ.

4. ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުން

ޞާލިޙުންނާއެކު އުޅުމާއި ޢިލްމުވެރިން ދަރުސްތަކަށް ޙާޟިރުވުމަކީ އާޚިރަތުގެ މަގަށް ތިބާއަށް މަގު ދައްކައިދޭނޭ ކަމެކެވެ. އަދި ތިބާގެ ސަމާލުކަން ފަނާވެދަނިވި މިދުނިޔެއަށް ކުޑަކޮށްދޭނެ ކަމެކެވެ.

5. ޢިލްމުވެރިންގެ ފޮތްތައް ކިޔުން

ޢިލްމުވެރިންގެ ކަންޒުތަކުގެ ފޮޅުވަތްތައް މުޠާލިޢާކުރުމަކީ ޚުޝޫޢަތްތެރިކަން އިތުރުވެގެންދާނޭ ކަމެކެވެ. ފަހެ ޢިލްމަށް ޢަމަލުކުރައްވާ ޢިލްމުވެރިއެއްގެ ބަސްފުޅުތައް ކިޔާ ހިނދު ތިބާއަށް ތިޔަ ކިޔެނީ އެބަޔަކާ ބޭހޭގޮތުން ﷲ ތަޢާލާ ޘަނާގެ ބަސް ވަޙީކުރައްވާފައިވާ ބަަޔަކު ލިޔެފައިވާ ވާހަކަތަކެކެވެ. އެބޭކަލުންނަކީ ﷲ އަށް ބިރުވެތިވާ ބޭކަލުންނެވެ.

﴿إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ ۗ إِنَّ اللَّـهَ عَزِيزٌ غَفُورٌ﴾ [سورة فاطر ٢٨]

މާނައީ: “ ﷲއަށް ބިރުވެތިވުން ޙައްޤުގޮތުގައި ބިރުވެތިވާކަން ކަށަވަރީ، އެއިލާހުގެ އަޅުންގެ ތެރެއިން ޢިލްމުވެރިންނެވެ. ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.“

ﷲ އަށް ބިރުވެތިވާ ބައެއްގެ ލިޔުންތައް ކިޔާ ކިޔުންތެރިޔާއަށްވެސް އެންމެ އެކަށީގެންވަނީވެސް ﷲ އަށް ބިރުވެތި ވުމެވެ. އަދި އެބޭކަލުންގެ ސިފައިން ސިފަ ލިބިގަތުމެވެ.

 

6.ގަބުރުސްތާނަށް ޒިޔާރަތްކުރުން

ގަބުރުތަކަށް ޒިޔާރަތްކުރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އަދި އެކަންކުރުމަކީ ފިރިހެނުންނަށް ޚާއްޞަކަމެކެވެ. މިދުނިޔޭގެ ކުރުކަމާއި މިދުނިޔޭ ދަޅަތަކުން ކެހިވެރިނުވުމަށްވާ އެންމެ ސާފު ބަޔާނަކީ އެއީއެވެ. ގަބުރުތަކަށް ޒިޔާރަތްކުރުމަށްފަހު، ﷲ ތަޢާލާއަށް ބިރުވެތިވެ، މިދުނިޔެ ދޫކުރުމަށްފަހު ދާން އޮތް މަންޒިލު ހަނދާންކޮށް، ޞާލިޙުބޭކަލުންވަނީ އެތައް ކަރުނައެއް އޮހޮރާފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘްކުރެއްވިއެވެ.

فَإِنَّهَا تُذَكِّرُكُمُ الْآخِرَةَ)) [رواه ابن ماجه وصححه الألباني]

މާނައީ: ”ފަހެ، ހަމަކަށަވަރުން އެކަމުން ތިޔަބައިމީހުންނަށް އާޚިރަތް ހަނދުމަކޮށްދޭނެއެވެ.“

1