މިދުނިޔަވީ ޙަޔާތުގައި، ހަރުކަމާއި މަޑުމޮޅިކަމާ ދެމެދު، ހިތަކީ ބަދަލުވަމުންދާ އެއްޗެކެވެ. ފާފަކުރުން އޭގެ މައްޗަށް ވެރިވެގެންފިނަމަ އެ ހަރުވެއެވެ. އަދި ކިޔަމަން ގަތުން އިތުރުވެއްޖެނަމަ އެ މަޑުމޮޅިވެއެވެ.
ހިތްހަރުވުމުގެ ސަބަބަކީ ﷲ ތަޢާލާއާ ދުރުވުމެވެ. ފާފައިގެ ކިލަނބުކަމުގެ ތެރެއަށް އަޅާއަށް ވަދެވިއްޖެނަމަ ދަންނައެވެ. އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެނުބައިކަމަށް ބޯ ނުލެނބުމެވެ. އަދި ކިއެއް ހެއްޔެވެ. އޭނާއަށް އޮތީ އެހަޑިތައް ދޮވެލުމަށްޓަކައި ﷲ ގެ ޙަޟްރަތަށް އަވަހަށް ތައުބާވުމެވެ.
"Ribaa kaa meehun nubai nimumakaa bahdhalu kuran jehey kamee mujarrabu kameh" pic.twitter.com/H8RJLh6eAC
— ilm.mv (@ilm_mv) January 8, 2023
ﷲ ތަޢާލާވަނީ އެއިލާހުގެ ޚަލީލު(އިބްރާހީމް عليه السلام)އާ ބެހޭގޮތުން ޘަނާގެ ބަސް ވަޙީކުރައްވާފައެވެ. އެއީ އެކަލޭގެފާނު ކޮންމެ ޙާލެއްގައިމެ، ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެވަޑައިގަންނަވާތީއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ﴾ [سورة هود ٧٥]
މާނައީ: “ހަމަކަށަވަރުން، އިބްރާހީމުގެފާނީ ކޯފާ މަޑު، ދުޢާކުރެއްވުން ގިނަ، ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ.”
މަސްދަރު: ދިސަލަފިއްޔާ