ލޮބުވެތި މައިންބަފައިންނޭވެ! ދަރިން ތަރުބިޔަތު ކުރުމުގައި ތިޔަ ވަނީ ވަރަށް ބޮޑު ޤުރުބާނީއެކެވެ. ދަރުމަ ހުރި ޖިހާދެކެވެ. ތިޔަ ލޮބުވެތި ބެލެނިވެރިންނަކީ އަބަދުވެސް އެކުދިންނަށް ހެޔޮމަގު ދައްކާ ނަމޫނާ ބަޔަކަށް ވާށެވެ.
ދަރިންނަކީ، އެކުދިން އުޅޭ ނޫޅޭ ގޮތާއި، ކުރާކަންތަކާ މެދު ކޮންމެ މަޔަކާއި ބަފަޔަކު، އާޚިރަތް ދުވަހު މަސްއޫލުވާން ޖެހޭނެ މީހަކު ކަން ދަންނާށެވެ. ކަންކަން ކުރަންވާ ރިވެތިގޮތް ބުނެދޭށެވެ. ކުދިން އުޅެނީ ކޮންކަހަލަ އެކުވެރިންނާ އެކުގައިކަން ތިޔަ ބެލެނިވެރިން ބަލާށެވެ. އެ ކުދިންނަށް ދުނިޔެވީ ގޮތުން ދޭންޖެހޭ ތަމްރީނުތަކަށް ސަމާލުކަންދީ، އެފަދަ ކަންކަން ދަސްކޮށްދީ، އޮޅުން ފިލުވައިދޭށެވެ.
ނުރަނގަޅު އެކުވެރިން އިޚްތިޔާރު ނުކުރާށެވެ. އެހެނީ އެފަދަ އެކުވެރިން މަސައްކަތް ކުރާނީ މުންކަރާތްތަކަކީ، ރަނގަޅު ކަންތައް ކަމުގައި ދައްކައިގެން ތިޔަ ކުދިންގެ ސިކުޑިތަކާއި ކުޅެލުމެވެ. ތިޔައީ އުއްމަތުގެ އެންމެ އަގުބޮޑު ރައުސުލްމާލެވެ. މި އުއްމަތް ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ ބޭނުންތެރި އެއް ބަހާއެވެ. އުއްމަތް ހެޔޮގޮތުގައި ދެމިއޮތުމަށް އެންމެ ބޮޑު ޒިއްމާއެއް އެބަޔެއްގެ ކޮނޑުގައި އެޅުވިފައިވާ ބަޔަކީ ތިޔައީއެވެ. ވަގުތުތައް ހެޔޮގޮތުގައި ބޭނުން ހިފާށެވެ. ބޭކާރު ގޮތުގައި ވަގުތުތައް ނަގައިނުލާށެވެ. ޒިއްމާތައް ފުރިހަމައަށް އަދާކުރާށެވ,ެ