ނަޞޭޙަތާއި އިރުޝާދު
މޫނުގައި އަލިކަމެއް ލެއްވުން އެދޭނަމަ..

މޫނު އަލި ކޮށްދޭނޭ އެތައް ކަމެއް އެބަހުއްޓެވެ.
ފުރަތަމައީ، ނަމާދުތަކަށް ރައްކާތެރިވުމެވެ.
ނަބަވީ އިރުޝާދުން އެނގޭ ގޮތުގައި ނަމާދަކީ ނޫރެކެވެ.
މޫނު އަލިކުރަން އެދޭނަމަ ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމާއެކު ދަމުނަމާދު ކުރާމީހަކަށް ވާށެވެ.

سِیمَاهُمۡ فِی وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِۚ
سجدة ގެ أثر ން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ.
[Surah Al-Fatḥ: 29]

ދެވަނައީ، ފާފަތަކުން އެއްކިބާވުމެވެ.
ސަލަފުންގެ ބޭކަލަކު ވިދާޅުވެފައިވެއެވެ.
”ހެޔޮ ޢަމަލުތަކުގެ އަލިކަން މޫނުމަތިން ފާޅުވާ ހުއްޓެވެ. އަދި ހިތުގެ ނޫރެއް ކަމުގައި ވާނެއެވެ. އަދި މީސްތަކުންގެ ހިތްތަކުގައި އޭނާއަށްޓަކައި ލޯބި އުފެދޭނެއެވެ.“

https://twitter.com/MauoonShareef

66