ނަޞޭޙަތާއި އިރުޝާދު
ޤުރުއާނުގެ ބަގީޗާ: ޤަޞަޞް ސޫރަތް

ކީރިތި ޤުރްއާނުގެ ބަގީޗާ – ޤަޞަޞް ސޫރަތް

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މަވްޟޫޢު
ނަބިއްޔާ صلى الله عليه وسلم  ނަސްރު ލިބޭނެ ކަމުގެެ ޔަގީންކަން ދިނުން

• މިސޫރަތުގެ 1 ވަނަ އާޔަތުން 6 ވަނަ އާޔަތާއި ހަމައަށް އައިސްފައިވެއެވެ.

މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް
• އަނިޔާވެރި، ޖައްބާރު ފިރުއަޢުނުގެ ވާހަކަތައް މިސޫރަތުގެ 20 ވަނަ އާޔަތުން43 ވަނަ އާޔަތާއި ހަމައަށް އައިސްފައިވެއެވެ.
• ޤާރޫނުގެ ވާހަކަ މިސޫރަތުގެ 76 ވަނަ އާޔަތުން 84 ވަނަ އާޔަތާއި ހަމައަށް އައިސްފައިވެއެވެ.
• މުއުމިނުންނަށް ދުނިޔެމަތީގައި ދެއްވާނެ ނަޞްރާއި ކާމިޔާބީ މި ސޫރަތުގައި އަންގަވާފައިވެއެވެ.
• މާތްﷲ ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް ނަޞްރުދެއްވާފައިވާކަން މި ސޫރަތުގައި އަންގަވާފައިވެއެވެ.

މި ސޫރަތުން ލިބިދޭ މުހިއްމު ފައިދާތައް

• ފިރުޢައުނަށް މާތްﷲ ދެއްވި މުދަލާއި ޖާހާއި ވެރިކަމުގެ ނިޢުމަތަށް ކިބުރުވެރިވެ، މޫސާގެފާނު ދޮގުކުރި ވާހަކަ މި ސޫރަތުގައި ބަޔާންވެފައިވެއެވެ.
• ﴿رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ﴾ سورة القصص ۲٤
• މާނައީ: “މިއަޅާގެ ވެރިރައްބެވެ. ހެޔޮކަންކަމުގެ ތެރެއިން މިއަޅާގެ މައްޗަށް ބާވައިލަނިވި ކޮންމެ ކަމަކަށް މިއަޅާވަނީ ބޭނުންވެގެންނެވެ.”
ކައިވެނި ކުރަން ބޭނުން ނުވާ މީހަކާއި ކައިވެނި ކުރަން ދަރިއަކަށް މަޖްބޫރު ކުރުމުގެ ޙައްޤު މައިންބަފައިންނަކަށް ލިބިގެން ނުވެއެވެ.

ދުވަސްތައް ފާއިތުވެގޮސް، ބަނޫ އިސްރާއީލްގެ މީހުން މިޞްރުމީހުންގެ ބާރުގެދަށުގައި ތިބުމަށް ދެކޮޅު ހަދައި، އެބައިމީހުންނަކީ ނަބީބޭކަލުންގެ ދަރިފަސްކޮޅުކަމުގައި ބުނެ އެކަމަށް ފަޚްރުވެރިވާން ފެއްޓިއެވެ. މިސަބާބާހުރެ، މިޞްރުމީހުންގެ ކުރިމަތީގައި ބަނޫ އިސްރާއީލުންގެ އަގުވެއްޓި، މިޞްރުގެ ވެރިކަންކުރާ ފިރުޢައުނުން، ބަނޫ އިސްރާއީލްގެމީހުން އަޅުންނަށް ހެދިއެވެ. މިގޮތުން، ބަނޫ އިސްރާއީލްގެ މީހުން ފިރުޢައުނުންގެ އަޅުންގެ ގޮތުގައި ޒަމާންތަކެއް ވެފައިވަނިކޮށް، އެބައިމީހުންގެ ގާތަށް މޫސާގެފާނު ފޮނުއްވިއެވެ. ﷲ، ފިރުޢައުނުގެ މައްޗަށް މޫސާގެފާނަށް ނަޞްރުދެއްވައި، ފިރުޢައުނު ޣަރަޤުކުރެއްވިއެވެ. މޫސާގެފާނާއި ފިރުޢައުނާ ދެމެދު ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ ކީރިތި ޤުރުއާނުގެ އެކިތަންތަނުގައި ﷲ ޛިކުރުކުރައްވާފައިވެއެވެ.
އެބައިމީހުންނަށް މިލިބުނު މަތިވެރި ނަޞްރު ހަނދާންކޮށް އެކަމަށް ﷲ އަށް ޙަމްދުކޮށް، އެއިލާހަށް ކިޔަމަންތެރިވުމަށް އެބައިމީހުންނަށް އެންގެވުނެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން ގިނަ މީހުން ކާފަރުކަމާއި ނޭއްގާނީކަން ދައްކަމުން ގެންދިޔައެވެ. އަދި މޫސާގެފާނަށް ދުއްތުރާކޮށް، ފަލަސްޠީނަށް ވަނުމަށް ދެކޮޅުހެދިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިބައިމީހުންނަށް އޯގާތެރިވެވަޑައިގެން އެބައިމީހުން ކެއުމަށް މަންނަ އާއި ސަލްވާ ބާވާލެއްވިއެވެ.
މޫސާގެފާނު، އެކަލޭގެފާނުގެ ވެރި އިލާހަށް މުނާޖާ ދެންނެވުމަށް ޠޫރު ފަރުބަދައަށް ވަޑައިގެންނެވުމުން، އެކަލޭގެފާނުގެ އަޚް ހާރޫންގެފާނު ނިކަމެތިކުރައްވައި، ރަނުން ހަދާފައިވާ ގެރިއަކަށް އަޅުކަންކުރަން ފެށިއެވެ. މޫސާގެފާނު ވަޑައިގެންނެވުމުން، ﷲ ތިމަންމެނަށް ފާޅުގައި ފެނުމަށްފަހުގައި މެނުވީ އީމާންނުވާނެކަމުގައި ބުނަމުން ގެންދިޔައެވެ. އެބައިމީހުންނަށް އިންޒާރެއްކަމުގައި ﷲ ޠޫރު ފަރުބަދަ އެބައިމީހުންގެ މައްޗަށް އުފުއްލެވިއެވެ. އެހިނދު އެބައިމީހުން ބިރުން ކިޔަމަންތެރިވިއެވެ އަދި ﷲ އެބައިމީހުންގެ ކިބައިން އަހްދުކަށަވަރު ހިއްޕެވިއެވެ. ނަމަވެސް މިބައިމީހުންގެ ތެރެއިން ބަޔަކު އެއަހުދު އުވާލައި، ހޮނިހިރުދުވަހު ކުރުން މަނާކުރެއްވި ކަންތައްތައް ކުރުމުގައި ހައްދުފަހަނަ އަޅައި ދިޔުމުގެ ސަބަބުން މިބައިމީހުންގެ ސިފަ ރާމާމަކުނަށާއި އޫރަށް ބަދަލުކުރެއްވިއެވެ.
މިގޮތުން މިބައިމީހުންނަށް ހެކިތަކެއްގޮތުގައި ﷲ ތަފާތު ވައްތަރުގެ ހެކިތައް ދެއްކެވިއެވެ. ނަމަވެސް މިހެކިތަކުން މިބައިމީހުންނަށް ފައިދާއެއް ނުކުރިއެވެ. މިބައިމީހުންގެ ހިތްތައް ވަނީ ކަޅުވެ، ހިލަގަނޑެއް ފަދައިންނެވެ. އެއަށްފަހުގައި، މިބައިމީހުންގެ ނޭއްގާނީކަން ހައްދުފަހަނައަޅައިގޮސް، މުސާގެފާނާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ނަބީބޭކަލުން ގެނެސްދެއްވި ގޮތް ބަދަލުކޮށް، އިލާހީ ފޮތްތަކުގައިވާ ތަކެއްޗަށް މިބައިމީހުން އުނިއިތުރު ގެންނަމުން ދިޔައެވެ. އަދި ﷲގެ ނަބިއްޔުން ޙައްޤަކާއިނުލައި ޤަތުލުކުރަމުން ގެންދިޔައެވެ.

މާތްﷲ މީހަކަށް ގަދަރާއި، އިއްޒަތް، އަދި ތަނަވަސްކަން ދެއްވަނީ އެމީހަކު އިމްތިޚާން ކުރަން

 

1