ޝަޚްޞިއްޔަތު
ކިންގް ޢަބްދުލް ޢަޒީޒް: އާދަޔާޚިލާފު ޝަޚުސިއްޔަތެއް

ސަޢުދީ ޢަރަބިއްޔާގެ ބާނީ ޢަބްދުލް ޢަޒީީޒް އުފަންވެވަޑައިގަތީ 15 ޖެނުއަރީ 1876 ވަނަ އަހަރު ރިޔާޟުގައެވެ. އެ ބޭފުޅާގެ ބައްޕާފުޅު، ޢަބްދުއް ރަޙްމާން ބިން ފައިޞަލް އަކީ ދެވަނަ ސަޢުދީ ދައުލަތުގެ އެންމެ ފަހުގެ ރަސްގެފާނެވެ. ކުޑައިރުއްސުރެ، ޢަބްދުލް ޢަޒީީޒް މަޝްހޫރުވެފައިވަނީ ތޫނުފިލި، ޢިލްމުވެރި، ހިތްވަރުގަދަ، ތަޤްވާވެރި، އޯގާތެރި، ދުރު ވިސްނޭ ބޭކަލެއްގެ ގޮތުގައެވެ.
1890 ވަނަ އަހަރު އަލް ރާޝިދުގެ އާއިލާއިން ރިޔާޟް ހިފާ އެބައިމީހުންގެ ވެރިކަމެއް ޤާއިމުކުރިއެވެ.
ޢަބްދުލްޢަޒީޒް އާއިލާގެ އެހެން މެމްބަރުންނާއިއެކު ރުބުޢުލް ޚާލީގެ ބަދަވީންގެ ޤަބީލާއަކަށް ދިރިއުޅުއްވުން ބަދަލުކުރިއެވެ. މި ދުވަސްކޮޅުގެ ތެރޭގައި ބަދަވީންގެ
އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ޢަބްދުލްޢަޒީޒް ދަސްކުރެއްވިއެވެ. މި ލިބިވަޑައިގެންނެވި ޢިލްމާއި ތަޖުރިބާތަކުގެ ބޭނުން އެމަނިކުފާނު ފަހުން ވަރަށް ފުރިހަމަ ގޮތުގައި ހިއްޕެވިއެވެ.
ބަދަވީންގެ ތެރޭގައި ދުވަސްކޮޅަކު ތިއްބެވުމަށްފަހު ދެން އާލްސަޢުދު އާއިލާއިން ޤަތަރުގައި ދުވަސްކޮލަކު މަޑުކުރިއެވެ. އެއަށްފަހު ދެން އެ އާއިލާ ބަދަލުވީ ކުވައިތަށެވެ. ކުވެއިތުގައި ވިއްސަކަށް އަހަރު އާލް ސަޢުދުގެ އާއިލާ ދިރިއުޅުނެވެ. މި ދުވަސްކޮޅުގެ ތެރޭގައި ޒަމާނީ ޑިޕްލޮމަސީގެ އުކުޅުތަކާއި ވެރިކަންހިންގުމުގެ އާޖުފާޖު ޢަބްދުލްޢަޒީޒު ދަސްފުޅުކުރެއްވިއެވެ. .
ކިންގް ޢަބްދުލްޢަޒީޒް ޝިރުކަށް މަގުފަހިވާ ދޮރުތައް ބަންދުކުރެއްވުމަށް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ދެ ޝައިޚުން (އެބަހީ ބުޚާރީއާއި މުސްލިމް)، އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާ ކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تَضْطَرِبَ أَلْيَاتُ[2] نِسَاءِ دَوْسٍ حَوْلَ ذِي الْخَلَصَةِ[3]))[4] މާނައީ: “ދައުސް ވަންހައިގެ މުސްކުޅި އަންހެނުން ذُو الْخَلَصَة ގެ ވަށައިގެން ތޮއްޖެހިއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމެއް ނުވާނެއެވެ.”
(ذُو الْخَلَصَة) އަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސުވަންހައިގެމީހުން އަޅުކަން ކޮށްއުޅުނު އެމީހުންގެ ކަލާނގެއެވެ.
ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘްގައި ޚަބަރު ދެއްވާފައިމިވާ ކަންތައް ވަނީ ހިނގައިފައެވެ. ފަހެ ދައުސް ޤަބީލާއާއި އެމީހުންގެ ވަށައިގެންވާ ޢަރަބީން ވަނީ، އެޤައުމުތަކަށް ޖާހިލުކަން އެނބުރި އައުމާއެކު ذُو الْخَلَصَة ގެ ފިތުނާގައި ޖެހިފައެވެ. އަދި އެތަނުގެ ތާރީޚު އެނބުރި އައިސް ﷲ ފިޔަވައި އެހެންފަރާތަކަށް އެބައިމީހުން އަޅުކަން ކުރަންފެށިއެވެ. ތައުޙީދުގެ ދަޢުވަތާއިގެން އައްޝައިޚް މުޙައްމަދު ބްން ޢަބްދުލްވައްހާބު –رحمه الله- ތެދުވެވަޑައިގެންނެވުމާ ހަމައަށެވެ. ދީނުން ފިލައިގެން ގޮސްފައިވާ ކަންކަން އެކަލޭގެފާނު އާކުރައްވާ ޢަރަބި ޖަޒީރާއަށް އިސްލާމްދީން އަނބުރައި ގެންނެވިއެވެ. އަދި އަލްއިމާމު ޢަބްދުލްޢަޒީޒް ބްން މުޙައްމަދު ބްން ސުޢޫދު –رحمه الله- އިސްނަންގަވައި ޢިލްމުވެރިންގެ ޖަމާޢަތެއް، ދަޢުވަތު ދެއްވުމަށްޓަކައި ذُو الْخَلَصَة އަށް ފޮނުއްވެވިއެވެ. އަދި އެބޭކަލުން އެތަން ހަލާކުކޮށްލައްވައި ބައެއް ބިނާތައް ތަޅާލެއްވިއެވެ. އަދި އާލު ސުޢޫދުގެ ވެރިކަން އެދުވަސްވަރު ނިމުމާއެކު އެތަނުގައިތިބި ޖާހިލުން އަނެއްކާވެސް އެއަށް އަޅުކަންކުރަން ފެށޫއެވެ. އެއަށްފަހު މަލިކު ޢަބްދުލްޢަޒީޒް ބްން ޢަބްދުއްރަޙްމާން އާލުސުޢޫދު –رحمه الله- ޙިޖާޒުކަރައިގެ ވެރިކަމަށް ވެޑުވުނުހިނދު އެތަނަށް ގަވަރުނަރަކު ލައްވާ އެބޭފުޅާގެ ލަޝްކަރުން ބަޔެއް ފޮނުއްވާ އެތަން ސުންނާފަތިކޮށް އޭގެ އަސަރު މުޅިން ފޮހެލެއްވިއެވެ.
އަވަށްޓެރި ޢަރަބި ޤައުމުތަކުން ތެޔޮފެނުން ވެގެން ދިޔައީ އަލަށްއުފެދުނު ސަޢުދީ
ދަޢުލަތަށް އުއްމީދުގެ ހުޅުކޮޅެއް ގެނެސްދިން ކަމެއްކަމުގައެވެ.މިގޮތުން 1933 ވަނައަހަރު ސައުދީ އަރަބިއްޔާގެ ބިމުގައި ތެޔޮހުރިތޯ ބެލުމުގެ ހުއްދަ ސްޓޭންޑަރޑް އޮއިލް އޮފް ކެލިފޯނިޔާއަށް ދެވުނެވެ.އޭރު ސައޫދީ ޢަރަބިއްޔާގެ އިރުމަތީ ޕްރޮވިންސް ގައި ބިނާވެށީގެ ކަންފުޅެއްހާ މިންވަރު ނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ އެވެ. އެންމެ ފުރަތަމަކޮޅު އެމެރިކާގެ ދިރާސާޓީމު ދަތުރުކުރީ ފައިމަގުގައާއި ޖަމަލު މަތީގައެވެ.ސަހަރާތެރޭގައި ދަތުރުކުރުމުގެ ތަޖުރިބާހުރި ޢަރަތްބަކު އަބަދުވެސް ޓީމާއި އެކު އުޅެއެވެ. އެމެރިކާގެ ޓެކްސަސްހާ ބޮޑުބިމެއް ދިރާސާކުރުމުގައި ބެލިފައިވާއިރު،އެކްސްޕްލޯރަލުން ކާރުބޭނުން ކުރަން ފެށީ ދިރާސާ ފެށިތާދެތިން އަހަރު ފަހުންނެވެ.ހަނަފަސް ސަހަރާގެ ތެރޭގައި ކޮނެވުނު 6 ވަޅުން ނެގުނު ސާމްޕަލްތަކުން ލިބުނީ މާޔޫސީ ނަތީޖާތަކެކެވެ. އެންމެފަހުން ދިރާސާ ކުރުމުގެ ހުއްދަދީފައިވާ އެމެރިކާގެ ކުންފުނިން މިމަސައްކަތް ނިންމާލަން ގަސްދުކުރިއެވެ.އެކަމުގެ މަޝްވަރާތައް އެކުންފުނީގެ ތެރޭގައި ދެކެވެމުން ދަނިކޮށް 1938 ވަނަ އަހަަރުގެ ދުވަހެއްގެ ހެނދުނު ކޮޅުގައި ލިިބިގެން ދިޔައީ އިންތިހާއަށް އުފާވެރި ޚަބަރެކެވެ. އާދެ، ސައުދީޢަރަބިއްޔާގެ ބިމުން ގިނަ އަދަދެއްގެ ތެޔޮފެނުނު ކަމުގެ އުފާވެރި ޚަބަރެވެ. ތެޔޮ ހޯދުމަށްޓަކައި ކޮނެވުނު 7ވަނަ ވަޅުން ގިނަ އަދަދެއްގެ ތެޔޮ ފެނިގެން ދިޔުމަކީ މުޅި ސަޢުދީ އަރަބިއްޔާގެ ތާރީޙް ބަދަލުކޮށްލި އެންމެ މުހިންމު ޙާދިސާއަށެވެ. މިވަޅަށް ފާގަތިކަމުގެ ތެޔޮވަޅުގެ ނަމުންވެސް ނަންދެވިގެން ދެއެވެ. ސަޢޫދީ ޢަރަބިއްޔާއަކީ އެގައުމުގެ އާމްދަނީގެ 90 ޕަސެންޓް ތެލުގެ އާމްދަނީ އަށް ބަރޯސާވާ ޤައުމެކެވެ.

In the spring of 1901, he and alongside relatives, including half-brother Mohammed, set out on an invasion to regain control of the Kingdom previously lost by his father.
The raiders’ numbers peaked at over 200, though these numbers dwindled over the ensuing months. In the autumn, the battalion made camp in the Yabrin oasis.
On the night of 15 January 1902, he led 40 men over the walls of the city and took the city. The Saudi victory marked the emergence of the Third Saudi State.
He accomplished his conquest of Najd and the eastern coast of Arabia in 1912. He then founded the Ikhwan, a military-religious brotherhood which assisted later in his conquests. In the same year, he instituted an agrarian policy to settle the nomadic pastoralist bedouins into colonies.
With this support he launched a campaign against the Al Rashidi; by 1922 they had been all but destroyed.
In 1925, Ibn Saud captured the holy city of Mecca ending the 700 years of Hashemite rule.
The British government then signed the Treaty of Jeddah abolishing the Darin protection agreement and recognized the independence of the Hejaz and Najd with Ibn Saud as its ruler.
On 23 September 1932, Ibn Saud united his dominions into the Kingdom of Saudi Arabia, with himself as its king.
Petroleum was discovered in Saudi Arabia in 1938.

https://www.facebook.com/photo.php?fbid=560301657502261&set=a.225912500941180&type=3&theater

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 68 “މިއުއްމަތުގައި ޝިރުކު ފާޅުވުން…. “


https://tts.ahmedh110.sg-host.com/5725/
https://www.muniavas.com/13095
King Abdulaziz Al Saud
King Abdulaziz Al Saud and hajj-min

0