ޚަބަރު
ރަސޫލާ صلى الله عليه وسلم އަށް، އިސްލާމް ދީނަށް ފުރައްސާރަ ކުރާނަމަ އެމީހުންނާއި ޖެހޭނީ ދުރުހެލިވާށެވެ!

ރަސޫލާ صلى الله عليه وسلم އަށް، އިސްލާމް ދީނަށް ފުރައްސާރަ ކުރާނަމަ އެމީހުންނާއި ޖެހޭނީ ދުރުހެލިވާންކަމުގައި ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. ޝެއިޚް މިހެން ވިދާޅުވީ އަދާލަތު ޕާޓީން އިމްތިޒާމްކޮށްގެން ބޭއްވި ލޮބުވެތި ނަބިއްޔާ ދަރުސްގައެވެ.

ޝެއިޚް ވިދާޅުވީ “ ކައުއިތުރު ރަސޫލާ މުޙައްމަދު صلى الله عليه وسلم  އަށްވުރެ ބޮޑަށް އެހެން އެއްވެސް މީހަކު ދެކެ ލޯވާނަމަ އެމީހާގެ އީމާންކަން ފުރިހަމައެއް ނުވާނެ. އަހަރެމެން ލޯބިވާން ޖެހޭނީ ރަސޫލާ صلى الله عليه وسلم  ދެކެ ލޯބިވާ މީހުން ދެކެ. ރަސޫލާ صلى الله عليه وسلم އަށް ލޯބިނުކުރާ މީހުން ދެކެ ލޯބިވުން ހުއްދައެއް ނޫން. އެއީ އެމިހާގެ ޕާޓީގެ މީހަކު ނަމަވެސްމެއެވެ. މިއީ ރާއްޖޭގެ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެއް. ﷲގެ ކޯފާ އަތުވެއްޖެ ނަމަ ސަލާމަތް ނުވާނެ. ރަސޫލާ صلى الله عليه وسلم އަށް، އިސްލާމް ދީނަށް ފުރައްސާރަ ކުރާނަމަ އެމީހުންނާއި ޖެހޭނީ ދުރުހެލިވާން. ކުފުރުވެއްޖެނަމަ މައިންބަފައިންނާއިވެސް ޖެހޭނީ ދުރުހެލިވާން. ރަސޫލާ صلى الله عليه وسلم  އަށް ޞަލަވާތް ކިޔަވަން ޖެހޭނެ. ރަސޫލާ صلى الله عليه وسلم  ގެ މައްޗަށް ޞަލަވާތް ކިޔެވުމާއި ނުލައި ހުކުރު ޚުޠުބާ ފުރިހަމައެއް ނުވާނެ. އެހެނީ އެއީ ޚުޠުބާގެ ރުކުނެއް. “

އިތުރަށް ޝެއިޚްގެ ދަރުސްގައި ވިދާޅުވީ “ ރަސޫލް صلى الله عليه وسلم  އަދަބު އިޙްތިރާމް އަދާކުރަން ޖެހޭނެ. ކަންކަމުގައި ރަސޫލާ صلى الله عليه وسلم  ގެ ނިންމެވުންތައް އެއީ އެންމެ ފުރިހަމަ ނިންމެވުންތައް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރަން ޖެހެނޭ. އެއްވެސް ނިންމެވުމަކަށް އިންކާރެއް ނުކުރެވޭނެ. އަދި ކީއްހެއްޔެވެ؟ ރަސޫލް صلى الله عليه وسلم  ވަކިގޮތަކަށް ޙަދީޘްފުޅުކުރައްވަވާފައިވާ ކަމަކާއިމެދު ”މިއީ މަށަށް ފެންނަ ގޮތް“ ކަމަށް ބުނެ ވާހަކަ ދެއްކުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވޭ. ”

0