މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މަވްޟޫޢު
ރައްބާނިއްޔަ ތަރުބިއްޔަތު ދިނުމުގެ މުހިއްމުކަން
މި ސޫރަތުގެ މުހިއްމު ނުކުތާތައް
# ލުޤުމާންގެފާނު، އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްތައް
# މާތްﷲގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމުގެ ހެކިތައް
# ﷲ ތަޢާލާ ގެ ޢިލްމުފުޅުގެ މަތިވެރިކަން
… ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ… ﴿٣٤﴾
(. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ.)
🍃 سورة لقمان:34
ހެޔޮ ޢަމަލެއް ކުރުމުގެ ވިސްނުން ތިބާއަށް އައިސްފިނަމަ، އަވަހަށް އެ ހެޔޮ ކަމެއް ކުރާށެވެ. ޣާފިލުކަން ނުވަތަ ބައްޔެއް ނުވަތަ ނުކުޅެދުންތެރިވުމެއް ނުވަތަ އެހެން ގިލަންވެރިކަމެއް މެދުވެރިވެ، ތިބާއަށް އެ ހެޔޮ ޢަމަލު ނުކުރެވިދާނެއެވެ.
ޙިމާރުގެ އަޑު
وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ
އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ. އަދި ތިބާގެ އަޑު މަޑުކުރާށެވެ. އަދި ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑެވެ.
ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.
﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦]
މާނައީ: “ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ.”
އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.
“اللهو އަކީ ލަވަކިޔުން ކަމަށް ޞަޙާބީންނާއި ތާބިޢީން ކުރައްވާފައިވާ ތަފްސީރު ފުދިގެންވެއެވެ. ފަހެ އިބްނު ޢައްބާސްއާއި އިބްނު މަސްޢޫދުގެ އަރިހުން މިކަން ޞައްޙަ މަގުން އައިސްފައިވެއެވެ. އަބުއްޞަޙްބާ ވިދާޅުވެފައިވެއެވެ. އަންނަނިވި އާޔަތާއި ބެހޭގޮތުން ތިމަންކަލޭގެފާނު އިބްނު މަސްޢޫދާއި ސުވާލުކުރެއްވީމެވެ. ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ…﴾ [سورة لقمان ٦] ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. “އެއިލާހު ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއްނުވާ ﷲ ގަންދީ ބުނަމެވެ. އެއީ ލަވަކިޔުމެވެ.” -އެކަލޭގެފާނު ތިން ފަހަރު މި ބަސްފުޅު ތަކުރާރުކުރެއްވިއެވެ.- އަދި އިބްނު ޢުމަރު رضي الله عنهماގެ އަރިހުންވެސް އެއީ ހަމަކަށަވަރުން ލަވަކިޔުންކަމަށް ޞައްޙަ ގޮތުގައި އައިސްފައިވެއެވެ…” [إغاثة اللهفان 1/258]
(ލުޤްމާނުސޫރަތުގެ 17 ވަނައާޔަތުންފެށިގެން 19ވަނަ އާޔަތުގެ ނިޔަލަށް) މާނަ: “އޭދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާ އަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން އެކަންވަނީ، ޢަޒުމްކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރާނުލާށެވެ! (އެބަހީ:މޫނު އަނބުރައިނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ ފަޚުރުވެރިވާ އެއްވެސް މީހަކު ދެކެ ﷲ ލޯބިވެވޮޑިގެން ނުވެއެވެ. އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ.”