Uncategorized
އަޙްޒާބު ސޫރަތުގެ އަލީގައި ނަބިއްޔާގެ މަތިވެރިކަން

އަޙްޒާބު ސޫރަތުގެ 56 ވަނަ އާޔަތުން 58 ވަނަ އާޔަތަށް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި މަޤާމް ބަޔާންވެފައިވެއެވެ. އަދި އެކަލޭގެފާނަށާއި މުއުމިނުންނަށް އުނދަގޫކުރުން ޙަރާމްވެގެންވާކަން ބަޔާންވެފައިވެއެވެ.
إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴿٥٦﴾
ހަމަކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތްލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ.
إِنَّ الَّذِينَ يُؤْذُونَ اللَّـهَ وَرَسُولَهُ لَعَنَهُمُ اللَّـهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا ﴿٥٧﴾
ހަމަކަށަވަރުން، الله އާއި އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ މީހުން ދަންނާށެވެ. ﷲ، އެއުރެންނަށް ދުނިޔެއާއި އާޚިރަތުގައި ލަޢުނަތްލެއްވިއެވެ. އެކަލާނގެ އިހާނާތްތެރި ޢަޒާބު އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ.
وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا ﴿٥٨﴾
އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ.

0