ޚަބަރު
ސަޢުދީ ޢަރަބިއްޔާއިން ލިބެން ހުރި ސުކޮލަރޝިޕްތައް


މި ސުކޮލަރޝިޕުތަކުން ޓިއުޝަންފީ، ވިސާ ފީ، ދެކޮޅު ޓިކެޓު، ބުކް އެލަވަންސް، ސްޓައިޕެންޑް، އެސްޓަބްލިޝް އެލަވެންސް އަދި ޑިޕާޗަރ އެލަވަންސް
ލިބޭނެއެވެ.
މި ސްކޮލަރޝިޕްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ޔުނިވަރސިޓީތަކުގެ ވެބްސައިޓްތަކުގައި ބަޔާންކުރެވިފައިވާނެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އޮންލައިންކޮށެވެ.މި
މި ސްކޯލަރޝިޕްތަކަށް ހޮވޭ ފަރާތްްތައް ކިޔެވުމަށް ފުރަންޖެހޭނެ ކަމަށް ލަފާކުރެވޭ ތާރީޚް ސަޢުދީ ޢަރަބިއްޔާގައި ކިޔަވާ ދަރިވަރުން މެދުވެރިކޮށް ހޯއްދެވޭނެއެވެ..
މި ސްކޯލަރޝިޕްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ފިރިހެން ބޭފުޅުންގެ ޢުމުރަކީ 23 އަހަރުން ދަށް ކަމުގައި ވާން ވާނެއެވެ. އަންހެން ބޭފުޅުންނަށް މި ސްކޮލަރޝިޕްތަކަށް ކުރިމަތި ލެއްވޭނީ މަޙްރަމަކާއި (ބޭބެ، ފިރިމީހާ) އެކީގައެވެ.
ކައިވެންޏެއް ނުކޮށް ހުރި ފިރިހެން ބޭފުޅުންނަށް ކެމްޕަސް ތެރޭގައި ދިރިއުޅޭނެ ކޮޓަރިއެއް ހިލޭ ލިބުމާއި އެކު ކޮންމެ މަހަކު އެލަވަންސެއްވެސް ދެވޭނެއެވެ.
މިއީ ތިބާއަށް އެންމެ މާތް ބިމުގައި ދިރިއުޅެ، ޢަރަބި އަދި އިސްލާމީ އިލްމުތައް އުނގެނުމަށް ހުޅުވާލެވިފައިވާ ފަހި ފުރުސަތެކެވެ. މީގެ އިތުރުން ގިނަގިނައިން މަސްޖިދުލް ޙަރަމަށާއި ކަޢުބާއަށް ޒިޔާރަތް ކޮށް ގިނަގިނައިން ޒަމްޒަމް ފެން ބުއިމުގެ ނަސީބު ވެސް ލިބިގެންދާނެއެވެ.

Scholars from Makkah: Imam Muhammad ibn Idris al-Shafi’i


https://uqu.edu.sa/en/studaff/15995
🍃

https://lifeinsaudiarabia.net/apply-for-a-scholarship-in-saudi-arabia/?fbclid=IwAR0bdMbLJ8HH4dzDv6twDvmdG54-RgdEEy6qus57DokRLYSmiZ95e41xock

0