އިބުރަތްތެރި ވާހަކަ
ޙަޤީޤީ ވާހަކަ: ގަތް ބިމުން ރަން ހުރި ގުޅިއެއް

އަބޫ ހުރައިރާ (ރަޟިޔަﷲ) ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

{މީހަކު އެހެން މީހެއްގެ އަތުން ބިމެއް ގަތެވެ. ދެން އެ ބިން ގަތް މީހާއަށް އެ ބިމުން ގުޅިއެއް ފުނުނެވެ. އޭގައިވަނީ ރަނެވެ. ދެން އެމީހާ އެ ބިން ވިއްކި މީހާއަށް ބުންޏެވެ.

”ތިބާގެ ރަންތައް ތިބާ ގެންދާށެވެ. ހަމަކަށަވަރުން އަހަރެން ތިބާގެ އަތުން ގަތީ ހަމައެކަނި ބިމެވެ. ރަނެއް ނުގަންނަމެވެ.“

ދެން އެ ބިން ގަތް މީހާއަށް، އެބިން ވިއްކި މީހާ ބުންޏެވެ.

”ހަމަކަށަވަރުން އަހަރެން ތިބާއަށް ވިއްކީ ބިމާއި ބިމުގައި ވާހައި އެއްޗެކެވެ.“

ދެން އެ ބިން ގަން މީހާ އެހެން މީހެއްގެ ގާތުން އެކަން އިންސާފުކޮށް ނިންމައިދިނުމަށް އެދުނެވެ. ދެން އިންސާފުކުރާމީހާ އެނާއަށް ބުންޏެވެ.

”ކަލޭމެން ދެމީހުންގެ ދަރިއަކު އެބަހުރި ހެއްޔެވެ؟“

އޭގެތެރެއިން އެކަކު ބުންޏެވެ.

“ ތިމަންނަގެ ފިރިހެން ދަރިއަކު އެބަހުއްޓެވެ.“

އަދި އަނެކަކު ބުންޏެވެ.

“ ތިމަންނަގެ އަންހެން ދަރިއަކު އެބަހުއްޓެވެ.“

ދެން އިންސާފުކުރާމީހާ އެނާއަށް ބުންޏެވެ.

”އެ ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާ ކައިވެނި ކޮށްދޭށެވެ. އަދި ކަލޭމެން ދެމީހުން އެދެކުދިންނަށް ތިރަންތަކުން ޚަރަދުކުރާށެވެ. އަދި އެއިން ޞަދަޤާތްވެސް ކުރާށެވެ.“}

(މިއީ ބުޚާރީ އާއި މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގެ ތަރުޖަމާއެވެ.)

1