އިބްނު މަސްޢޫދު (ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ދުޢާކުރައްވާގަމުގައިވެއެވެ.
{اللَّهُمَّ إِنِي أَسْأَلُكَ الهُدَى، وَالتُّقَى، وَالعفَافَ، والغنَى} رواهُ مُسْلِمٌ.
މާނައީ: ”އޭ ﷲ އެވެ! ހަމަކަށަވަރުން މިއަޅާ އިބަ ﷲގެ ޙަޟްރަތުން ހިދާޔަތަށް އެދި ދަންނަވަމެވެ. އަދި ތަޤްވާވެރިކަމާއި ޢިއްފަތްތެރިކަމާއި ފުދުންތެރިކަމަށްވެސް އެދި ދަންނަވަމެވެ.“
މިއީ ވަރަށް ކުރު އެހެން ނަމަވެސް ގިނަގިނައިން ކުރުން މޮޅު ދުޢާއެކެވެ. އެހެނީ މިދުޢާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަމަށް ބޭނުންވާނެ ވަރަށް ގިނަ ކަންކަމަށް އެދި ދެންނެވިފައިވާ ދުޢާއެކެވެ. ހިތުދަސްކޮށްލައި ގިނަގިނައިން މިދުޢާ ކުރާށެވެ!