އަޚްލާޤު
ނަބީބޭކަލެއްގެ ކެތްތެރިކަން

އިބްނު މަސްޢޫދު(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެބަޔަކަށް ﷲ ޞަލަވާތާއި ސަލާމްލެއްވި ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލެއްގެ ވާހަކަ، ރަސޫލުﷲﷺކިޔައިދެއްވާ މަންޒަރު ތިމަންނާއަށް މިހާރުވެސް ފެންނަ ފަދައެވެ.

އެނަބިއްޔާގެ ޤައުމުގެ މީހުން އެނަބިއްޔާގެ ހަށިކޮޅުގައި ތަޅައި، ހަށިކޮޅުން ލޭ އޮހޮރުވައިލިއެވެ. އެކަލޭގެފާނުގެ އަތްޕުޅުން އެކޭލޭގެފާނުގެ މޫނުފުޅުން އޮހޮރެމުން ދިޔަ ލޭތައް ފޮއްސަވަމުން ގެންދެވިއެވެ. އަދި ވިދާޅުވަމުން ގެންދެވިއެވެ.

“اللَّهُمَّ اغفِرِ لِقَومي فَإِنَّهُم لا يَعْلَمُونَ”

މާނައީ: “އޭ ﷲ އެވެ! މިއަޅާގެ ޤައުމުގެމީހުންނަށް ފާފަފުއްސަވާނދޭވެ! ފަހެ، ހަމަކަށަވަރުން އެބައިމީހުންނަށް ނޭނގެނީއެވެ!”

މިއީ ބުޚާރީ އާއި މުސްލިމްގައި ވާ ޙަދީޘްއެއްގެ ދިވެހި ތަރުޖަމާއެވެ.

1