ނަމާދަކީ އިސްލާމްދީން އެމައްޗަށް ޤާއިމްވެފައިވާ ފަސްރުކުނުގެ ތެރެއިން އެންމެ މުހިއްމު އެއް ރުކުނެވެ. ޝަހާދަތުގެ ދެކަލިމައަށް ފަހު އެންމެ އިސްވެގެންވާ އަޅުކަމަކީ ނަމާދެވެ.
ނަމާދު އަޅާމީހާއަކީ އޭނާގެ ދީންވެރިކަން ދޫކޮށް ޢާފިލުވެ ޝައިޠާނާއަށް ހެއްލިފައިވާ މީހެކެވެ.
ނަމާދަށް ފަރުވާކުޑަކުރާމީހާ އެވަނީ އޭނާ ދުނިޔޭގައި ލެއްވި މަޤްޞަދު ހަނދާން ނައްތާލާފައެވެ. އަދި މާތް ﷲ އޭނާއަށް ދެއްވި މަތިވެރި ނިޢުމަތްތަކަށް ކާފަރުވެފައެވެ.
ނަމާދަކީ މީހާގެ ހަށީގައި ހޭ ހުރިހާ ހިނދަކު ދޫކޮށްލުން ހުއްދަވެގެންވާ އަޅުކަމެއް ނޫނެވެ. އަދި ކިއެއްތަ ޤަޞްދުގައި ނަމާދު އެޅުމަކީ ކުފުރުގެ ޢަމަލެކެވެ.
ނަމާދު އެޅުމަކީ ދީނުން ބޭރުވެގެން ހިނގައިދާނެ ނުރައްކާތެރި ޢަމަލެކެވެ. ނަމާދަކީ ކާފަރުކަމާއި އީމާންކަމާއި ދެމެދުގައިވާ އިންފާރެވެ. ނަމާދަށް ފަރުވާ ކުޑަކުރުމަކީ މުނާފިޤުކަމެވެ.
ނަމާދުތަކަށް ރައްކާތެރި ނުވާމީހާއަށް ޤިޔާމަތްދުވަހު ސަލާމަތްވާނެ މަގެއް ނެތެވެ. އެފަދަ މީހަކަށް ޙުއްޖަތެއް ބުރުހާނެއް ނަޖާހަތެއް އަދި އަލިކަމެއް ނުވެއެވެ. ކީރިތި ރަސޫލާ (ޞ) އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ ނަމާދު އަޅާމީހުން މަޙްޝަރު ކުރެވޭނީ ފިރުޢައުނާއި ޤާރޫނާއި ހާމާނާއި އުބައްޔު ބުނު ޚަލަފް އާއި އެކުގައެވެ.“
ނަމާދުއަޅާމީހުން ޤިޔާމަތްދުވަހު އެންމެހާ މީސްތަކުންގެ ކުރިމަތީގައި ފަޞީހަތް ކުރެވޭނެއެވެ. މުއުމިނުނު އަޅުތަކުން ސަޖިދައަށް ތިރިވާހިނދު އެބައިމީހުންގެ ބުރިކަށިތައް އެދުވަހުން ނުލެބޭނެތެވެ. އެއީ ދުނިޔޭގައި އެސަޖިދަކުރުމަށް ނަމާދަށް ގޮވާލެވުނު ހިނދު އެބައިމީހުން ފުރަގަސް ދިންކަމަށްޓަކައެވެ.
ނަމާދުގައިނާކާމިޔާބުވެއްޖެމީހަކީ ީއަބާއްޖަވެރިއެއްކަމުގައި ވެދެއެވެ.
ލޮބުވެތި މުސްލިމް އަޚާއެވެ. ތިބާއަށް ފަސްވަގުތު މާތް ﷲ ޙަޟްރަތުން ގޮވާލެވޭ ގޮވާލުމަށް ފުރަގަސްދިނުމުގެ ބަދަލުގައި އެ ގޮވާލެވޭ ގޮވާލުމަށް ފުރަގަސްދިނުމުގެ ބަދަލުގައި އެ ގޮވާލުމަށް އިޖާބަ ދޭށެވެ! ކުރިން އެޅިފައިވާ ނަމާދުތަކުގެ ފާފައިން ތައުބާވުމަށް އަވަސްވެގަންނާށެވެ! އަދި ފަސްވަގުތު ނަމާދުކުރުމުގައި މަރުވުމަށް ދާންދެން ދެމިހުރުމަށް ޢަޒުމުކަނޑައަޅައި، ހިތްވަރާއެކު ޙަޔާތުގެ މިސްރާބު ސީދާވެގެންވާ މަގަށް އަނބުރާށެވެ!
ރިފަރެންސް: އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ގެ ލިޔުމަކުން ނަގާފައިވާ ލިޔުމެއް.
Jazakallahu Kharain