ޚަބަރު
ލާދީނިއްޔަތު ކުށްވެރިކުރުމުގައިވެސް ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދީފި

ލާދީނިއްޔަތު ކުށްވެރިކުރުމުގައިވެސް ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދީފިއެވެ.މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައި ވާތީ އެ މައްސަލަ ތަހުގީގު ކޮށްދޭން އެދި އިސްލާމިކް އެފެއާޒް މިނިސްޓްރީން ފުލުހުންނަށް އިއްޔެ މައްސަލަ ހުށައެޅިއެވެ.

”ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް“ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ. އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމްޑީއެން ބަންދު ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި އަޑު އުފުލަމުން އެބަދެ އެވެ.
މި ގޮތުން ފާހަގަ ކޮށްލެވޭ ބައެއް  އަދާހަމަ  ތަކަކީ:

“ ފާޑު ފާޑުގެ ނެޓްވޯރކްތަށް ހައްދަވައިގެން ޑިމަކޮރެޝީގެ ކުރުއަރުވާ ނަމުގައި، މި އުޅެނީ އަސްލު އިސްލާމީ ހުކުމްތަކަށް ގޮޖަހާ، އިސްލާމްދީނާއި ޖައްސައިލައިގެން. ލާދީނީ ކިޔަނީވެސް ހަމަ ކިޔަންވެގެން އިސްލާމްދީނާއި ބެހިނުލާ ހަމަ ނުތިބެވޭ! ރައްޔަތުންނަށް ވަރަށް ސާފު!- އައްޝެއިޚް އަލީ ޒައިދު.

އިސްލާމްދީނަށް ފުރައްސާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.. ދީނަށް ޖޯކު ޖެހުން އެއްވެސް ސަޅި އެއް ނޫން– ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް. މިނިސްޓަރ މި ގޮވާލުމާއިއެކު އަވަހަށް އެމްޑީއެން އަށް ޖަމިއްޔާއަށް ފިޔަވަޅުއަޅާ ޖަމިއްޔާ އުވާލުމަށް ގޮވާލާ އަޑު ބާރުވެގެން ދިޔެއެވެ.

“ ރާއްޖެއަކީ %100 މުސްލިމު ޤައުމެއް. ރާއްޖެ ދެމިއޮންނަން ޖެހޭނީވެސް އަދި ދެމި އޮންނާނީވެސް އެގޮތުގައި އިންޝާ ﷲ“  ކުރީގެ އެމްޑީޕީ މަޖިލިސް މެމްބަރ އަލީ ނިޒާރު ވިދާޅުވެފައިވެއެވެ.

“ އިސްލާމްދީނަށް ކުރާ ފުރައްސާރައަކީ އޮޅިގެން ކުރެވުނު ކަމެއް ނޫން، އެމްޑީއެންގެ އިސްފަރާތްތައް ހައްޔަރުކުރޭ “ – އިސްލާމީ މަރުކަޒް އިމާމް

”އަހަރެންނަކީ އެމްޑީޕީ މެމްބަރެއް. ދީނަށް ފުރައްސާރަ ކުރުމާއި މަދެކޮޅުއެމްޑީޕީ ގައި އުޅޭ ލާދީނީ ބައިގަނޑުގެ ސަބަބުން މުޅި އެމްޑީޕީ ބަދުނާމު ”- ލާމު އަތޮޅުގެ އެމްޑީޕީމެމްބަރެއް-

އޭގެ އިތުރުންވެސް ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންނާއި އާންމުދަނީ ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި އަވަސް ފިޔަވަޅު އަޅައި ދިނުމަށް ގޮވާލަމުނެވެ. ދީނަށް ފުރައްސާރަ ކުރުމަށް މިނިވަން ފިކުރު ގެ ނަމުން ނަންދިނުމަކީ ލާދީނީ ފިކުރު ތަކުގެ އޮއިވަރުގައި ޖެހެވިފައިވާ ޒުވާނުން ތެދުމަގަށް އެނބުރި އައުމަށް ހުރަސްއެޅޭނެ ކަމެކެވެ. އަދި އަމަލާއި ބަހުން ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމުގެ މަސައްކަތް ކޮށް ދިނުމަށް ސަރުކާރަށް އެތަށް ބަޔަކު ދަނީ ގޮވާލަމުން ކަން ފާހަގަކޮށްލެވެއެވެ.

0