މިފަހަރުގެ ބޮޑު ޗުއްޓީގެ މަންޒިލަކަށް ސަޢޫދީ ޢަރަބިއްޔާ ހަދަންޖެހޭ 5 ސަބަބެއް. އެކި ގައުމުތަކަށް ދަތުރުކުރުމުގެ ފޯރި ދިވެހިންގެ ތެރޭގައި ގަދަވަމުންދާއިރު، ބަކެޓްލިސްޓްގެ އެންމެ ކުރިއަށް ސަޢޫދީ ޢަރަބީއްޔާ އަންނަންޖެހޭ ސަބަބުތައް ބައިވަރެވެ.
1- ސަޢޫދި ޢަރަބީއްޔާއަށް ދާނަމަ ޢުމުރާގެ އަޅުކަން އަދާކުރެވޭނެއެވެ. ނަބަވީ އިރުޝާދުތަކުން އެނގޭގޮތުގައި ޢުމްރާއަކީ ކުދި ފާފަތަކުގެ ކައްފާރާއެކެވެ.
2- ސަޢޫދީ ޢަރަބީއްޔާއިން ޒަމްޒަމްފެން ލިބޭނެއެވެ. ސައްޙަ ހަދީސްތަކުން ސާބިތުވާގޮތުގައި ޒަމްޒަމް ފެނަކީ ބަލިތަކައްވާ ޝިފާއެކެވެ. އަދި ޙާޖަތެއް ފިއްލަވައިދެއްވުން އެދި ޒަމްޒަމް ފެން ބޮއިފިނަމަ، މާތްﷲ އެމީހެއްގެ އެ ޙާޖަތެއް ފުއްދަވައި ދެއްވާނެކަމަށްވެސް ސައްޙަ ހަދީސްތަކުން ސާބިތުވެއެވެ.
3- މައްކާގައި ކުރެވޭ ނަމާދުތައް، އެހެން މިސްކިތެއްގައި ކުރެވޭ ނަމާދުތަކުން ލިބޭ އަޖުރުގެ އެއްލައްކަ ގުނަ އިތުރު ސަވާބު ލިބޭނެއެވެ . މަދީނާގައި ކުރެވޭ ނަމާދުތަކަށް އެހެން މިސްކިތެއްގައި ކުރެވޭ ނަމާދުތަކުގެ އެއްހާސް ގުނަ އިތުރު ސަވާބު ލިބޭނެއެވެ.
4- ތަވާފުކުރާއިރު ކުރާ ދުޢާތައް އިޖާބުވެގެންވެއެވެ.
5- ސީރަތުގެ މުހިއްމު ހާދިސާތައް ހިނގާފައިވަނީ ޙިޖާޒާއި ނަޖުދުގައެވެ. ހިޖާޒާއި ނަޖުދުގެ ހިމެނެނީ ސަޢުދީ ޢަރަބީއްޔާގައެވެ.