އެއްވެސް ޝައްކެއް ނެތެވެ. އަހަރެމެން އެންމެންވެސް މަސައްކަތް މިކުރަނީ ނަރަކައިން ސަލާމަތްވުމަށެވެ. އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރިން (މާނައަކީ ފަތިސް ނަމާދާއި ޢަޞްރު ނަމާދު) ޤަވާއިދުން ކުރާ މީހާގެ ހަށިގަނޑު ނަރަކައަށް ވަނީ މަނާވެގެންނެވެ. މާނައަކީ ފަތިސް ނަމާދާއި ޢަޞްރު ނަމާދު ޤަވާއިދުން ކުރާ މީހާގެ ހަށިގަނޑު ނަރަކައަށް އެއްލައެއް ނުލެވޭނެއެވެ. އެމީހުންގެ ހަށިގަނޑު ނަރަކަ ބަލައެއް ނުގަންނާނެއެވެ.
މިބަހުގެ މުރާދަކީ ހަމަ އެކަނި އެ ދެ ނަމާދުކުރުމުން ފުދޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް މި 2 ނަމާދު ޤަވާއިދުން ކުރެވޭނީ ﷲ ތަޢާލާ ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހަކަށެވެ. އެހެނީ ފަތިސް ވަގުތަކީ އެންމެ އަރާމުކޮށް ނިދިއަންނަ ވަގުތެވެ. އެ އަރާމު ނިދި ދޫކޮށް ފަތިސް ނަމާދަށް ދާނީ ﷲ ތަޢާލާ ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހުންނެވެ.
ހަމަ އެފަދައިން ޢަޞްރު ނަމާދު ވެސް މިއަންނަނީ ހަމަ އެހައިމެ މުހިންމު ވަގުތަކުއެވެ. ދުވާލުގެ ބުރަ މަސައްކަތް ނިންމައި އެންމެ ވަރުބަލިވާ ވަގުތުގައެވެ. މަސައްކަތަށްފަހު އެނބުރި ޢާއިލާ ކައިރިއަށް ދާން ބޭނުންވާ ވަގުތުގައެވެ. އެފަދަ ވަރުބަލިކަމާއިއެކުވެސް އަރާމުކޮށްލަން ގެއަށް ނުގޮސް ނަމާދަށް ދާނީ ﷲ ތަޢަލާ ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހުންނެވެ.
ވީމާ ފަތިސް ނަމާދާއި ޢަޞްރް ނަމާދު ޤަވާއިދުން ކުރާ މީހާ އެހެން ހުރިހާ ނަމާދެއްވެސް ޤަވާއިދުން ކުރާނެއެވެ. އެންމެ ނަމާދެއްވެސް ނާޅާނެއެވެ. ﷲ ތަޢާލާ އަށް އުރެދުމެއްވާ އެންމެހައި ކަންކަމުން ދުރުވެ ހުންނަން މަސައްކަތް ކުރާނެއެވެ.
ވިސްނާށެވެ! ފަތިސް ނަމާދާއި ޢަޞްރް ނަމާދު ޤަވާއިދުން ޖަމާއަތުގައި ކުރާމީހާއަށް މިލިބެނީ ކޮން ފަދަ ބޮޑު އުފަލެއް ހެއްޔެވެ؟ އޭނާގެ ހަށިގަނޑޫ މިވަނީ ނަރަކައިން ސަލާމަތް ވެގެންނެވެ. ﷲ ތަޢާލާގެ އިރާދަފުޅާއިއެކު އޭނާއަށް ލިބިގެންދާނީ ސުވަރުގޭގެ މަތިވެރި ނިޢްމަތެވެ.
މަސްދަރު: މިއަދު