ދިރާސާ
ޙަވާމީމް

ހުރިހާ ސޫރަތްތަކަކީވެސް މައްކީ ސޫރަތްތަކެވެ.
ޣާފިރު
ފުއްޞިލަތު
އައްޝޫރާ
އަލްޒުޚުރުފު
އަލްދުޚާން
އަލްޖާޡިޔާ
އަލްއަޚްޤާފް

މުސާގެފާނުގެ ވާހަކަ ޙަވާމީމް ސޫރަތްތަކުގައި އައިސްފައިވާގޮތް:
ޣާފިރު ސޫރަތުގެ 23 ވަނަ އާޔަތް
ފުއްޞިލަތު ސޫރަތުގެ 40 ވަނަ އާޔަތް
އަލް ޝޫރާ ސޫރަތުގެ 13 ވަނަ އާޔަތް
އަލްޒުޚުރުފު ސޫރަތުގެ 46 ވަނަ އާޔަތް
އަލްދުޚާން ސޫރަތުގެ 18 ވަނަ އާޔަތް
އަލްޖާޡިޔާ ސޫރަތުގެ 16 އަދި 17 ވަނަ އާޔަތް
އަލްއަޚްޤާފް ސޫރަތުގެ 12 ވަނަ އާޔަތް
ދީނީ ޚިލާފް ތަކުގެ ސަބަބުން ބައިބައި ވުމުގެ ނުބައިކަން ހާމަކޮށްދޭ އާޔަތްތައް ޙަވާމީމް ސޫރަތްތަކުގައި އައިސްފައިވާގޮތް:
ފުއްޞިލަތު ސޫރަތުގެ 45 ވަނަ އާޔަތް
އަލް ޝޫރާ ސޫރަތުގެ 10 ވަނަ އާޔަތް
އަލްޒުޚުރުފު ސޫރަތުގެ 63 ވަނަ އާޔަތް
އަލްޖާޡިޔާ ސޫރަތުގެ 17 ވަނަ އާޔަތް

ބަނީ އިސްރާޢީލުންގެ ތެރޭގައި ނަޤުލުވަމުންދިޔަ ރަސޫލު ކަމާއި ނަބީކަން ނަޤުލުވުން ނިމުމަކައް އައިސް އެންމެފަހުގެ ރަސޫލާ ފޮނުއްވުނީ ޢަރަބީންގެ ތެރެއިންކަން ދަލާލަތު ކޮށްދޭ އާޔަތްތައް:
އަލް ޝޫރާ ސޫރަތުގެ 13 ވަނަ އާޔަތް
އަލްޖާޡިޔާ ސޫރަތުގެ 18 ވަނަ އާޔަތް
އަލްއަޚްޤާފް ސޫރަތުގެ 12 ވަނަ އާޔަތް

އަލް ޝޫރާ ސޫރަތް 23
ކަލޭގެފާނު ވިދާޅުވާށެވެ، އެކަމުގެ މައްޗަށް ( އެބަހީ: ތިމަން ކަލޭގެފާނުގެ ރަސޫލުކަން އިއްވެވުމުގެ މައްޗަށް ) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބައަކުން އެއްވެސް އުޖޫރައަކަށް އެދި ވަޑައެއް ނުގަންނަވަމެވެ.

އަލްޒުޚުރުފު ސޫރަތް 59
ފަހެ ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ. އަދި ވިދާޅުވާށެވެ. ސަލާމްއެވެ! ފަހެ ނިކަންހުރެ އެއުރެންނަށް ( އެއުރެން ދޮގުކުރި ކަމުގެ ނަތީޖާ ) އެގޭނެތެވެ.
އަލްދުޚާން ސޫރަތް 59
ފަހެ ކަލޭގެފާނު ބަލަބަލައި ހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް ބަލަބަލައި ތިބޭނެތެވެ.
އަލްޖާޡިޔާ ސޫރަތް 14
އީމާންވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ﷲގެ ދުވަސްތަކަށް ( އެބަހީ: އެކަލާނގެ ޢުޤޫބާތަށް ) ބިރުނުގަންނަ މީހުންނަށް މާފުކޮށް ( އެއުރެންގެ އުނދަގޫތަކަށް ) ކެތްކުރާށެވެ.
އަލްއަޚްޤާފް ސޫރަތް 35
އަދި އެއުރެންނަށް ޢަޒާބު އަވަސްވުމަށް ކަލޭގެފާނު އެދިވަޑައި ނުގަންނަވާށެވެ.

0