ނަޞޭޙަތާއި އިރުޝާދު
އެންމެ ބޮޑު މަހުޖަނަކީ އެންމެ ގިނަ ހެޔޮ އަމަލުތަކާއެކު މަރުވާމީހާ: މުފްތީ މެންކް

ދުނިޔޭގައި އުޅޭއިރު ގިނަ ބައަކު އެންމެ ގަދައަޅައި މަސައްކަތްކުރަނީ ވީހައި ގިނަ ފައިސާ އެއްކޮށް ޖަމާކުރާށެވެ. ކިތަންމެ ގިނަ ފައިސާ ހުރި މީހަކުނަމަވެސް ބޭރު ޤައުމަކަށް ދަތުރެއް ކުރާނަމަ އެ ޤައުމަކުން ޤަބޫލުކުރާ ފައިސާ ހޯދަންޖެހެއެވެ. ނޫންނަމަ ހަމަ އެއްވެސް ބޭނުމެއް ނުފުއްދޭނެތީއެވެ.

އާޚީރަތް ދުވަހުވެސް އޮތީ ހަމަ މިގޮތެވެ. އާޚީރަތް ދުވަހުން މަތިވެރިކަން އެދޭމީހާއަށް ކުރަންޖެހޭ ކަމަކީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމެވެ. އެނޫން އެއްވެސް ކަމަކުން އެމީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

ކައްވަޅަށް ދާން ނުޖެހޭނެ ހަމައެކަކުވެސް ނެތެވެ. ދާންޖެހެނީ ދުނިޔޭގައި ޖަމާކުރިހައި މުދަލާއި ބިނާކުރި އުސް ބިނާތަކާއި އެފަދަ އެންމެހައި ތަކެތި ދޫކޮށްލައިފައެވެ. ތިމާ އާއިއެކު ގެންދެވެނީ ހަމައެކަނި ތިމާކުރި ހެޔޮ އަމަލުތަކެވެ. ޤިޔާމަތް ދުވަހު ބޭނުންކުރެވޭނެ ހަމައެކަނި ”ފައިސާ“ އަކީ ތިމާ މިދުނިޔޭގައި ހުރެ ކުރި ހެޔޮ އަމަލެކެވެ.

ވީހައި ގިނައިން ހެޔޮ އަމަލުކުރަން އެންމެ ފަސޭހަގޮތަކީ އިޚްލާޞްތެރިވުމެވެ. އިޚްލާޞްތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ގިނަގިނައިން ކައްވަޅު ހަނދާންކުރުމެވެ. ތިމާއަކީ ކޮންމެ ވަގުތަކުވެސް މަރުވާން ޖެހިދާނެ މީހެއްކަން ހަނދާންކުރުމެވެ.

 

މަސްދަރު: މިއަދު

3