ނަޞޭޙަތާއި އިރުޝާދު
ޤުރުއާނުގެ ބަގީޗާ: ޠާހާ ސޫރަތް

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މަވްޟޫޢު

އިސްލާމްދީނުގައި އައިސްފައިވާ އެންމެހާ ޙުކުމްފުޅުތަކަށް ޢަމަލުކުރުމަކީ ޙަޔާތް ބާއްޖަވެރިވުމުގެ އެންމެ ބޮޑު ސިއްރެވެ.

މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް

މި ސޫރަތުގައި މޫސާގެފާނު ވާހަކަ އައިސްފައިވެއެވެ. މިގޮތުން މޫސާގެފާނު ތަހައްމަލުކުރެއްވި ދަތިތަކާއި، އުފުއްލެވީ ބުރަ ތައް މި ސޫރަތުން އެނގިގެންދެއެވެ. އަދި ބަނީ އިސްރާއީލުންނަށް ދަޢުވަތު ދެއްވުމުގައި ދިމާވި ގޮންޖެހުންތައް މި ސޫރަތުގައި ބަޔާންވެފައިވެއެވެ. މި ވާހަކަތައް ޤުރުއާނުގެ އެހެން ސޫރަތްތަަކުގައިވެސް އައިސްފައިވެއެވެ. މި ވާހަކަތައް ތަކުރާރު ކުރެވިފައިވާއިރު، ކޮންމެ ސޫރަތަކުންވެސް އައު މަޢުލޫމާތެއް ލިބެއެވެ.

مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ

އާޔަތުން ދޭހަވަނީ ޤުރުއާން ބާއްވައިލެއްވުނީ އަޅުގަނޑުމެން އަބާއްޖަވެރިވުމަށްޓަކައި ނޫންކަމަށްވާނަމަ މީގެ އިދިކޮޅަކީ ވެސް ޙަޤީޤަތެވެ. ޤުރުއާން ބާވައިލެއްވުނީ އަޅުގަނޑުމެންގެ ޙަޔާތްތައް ބާއްޖަވެރިވެ އުފާވެރިކަން ގެނެސްދިނުމަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބައެއް އެންގެވުންތަކާއި ދުރުވާން ޖެހުމުން ތިބާއަށް އުދަގޫތަކެއް ވެދާނެއެވެ. މާޒީގައި ދެވިހިފާފައި ހުރި ނޭދެވޭ އާދަތަކުން ދުރުވެ، ހިންގުނު ނޭދެވޭ ގުޅުންތަކަށް ނިމުމެއް ގެނެސް، ކުރިން ގެންގުޅުނު ގޯސް އެކުވެރިން ދޫކޮށްލަން ޖެހުމުން ތިބާގެ ހިތްދަތިވެދާނެއެވެ. އެފަދަ ވަގުތު ތަކަކީ ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ބަސްފުޅު ހަނދާންކުރަންވީ ވަގުތެވެ.

ޠާޙާ ސޫރަތުގެ 69 ވަނަ އާޔަތް ނިންމަވާލައްވާފައިވާ މާތް ބަސްފުޅެވެ. [ސިހުރުހަދާމީހާ ކޮންމެ ތަނަކުން އައި ކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ.]

وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ (ޠާހާ: 124) “އަދި ތިމަން އިލާހުގެ މަތިން ހަނދުމަކުރުމުން ފުރަގަސްދީފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި އުނދަގޫ ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ލޮލަށްނުފެންނަ ކަނު މީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާ ހުށީމެވެ.”

ފަހެ މިއާޔަތްތަކުގައި ﷲތަޢާލާ ބަޔާންކުރައްވަފައި މިވަނީ، އެއިލާހު އެއިލާހުގެ ރަސޫލާ އަށް ބާވައިލެއްވި ހިދާޔަތަށް ތަބަޢަވެއްޖެ މީހަކާށްވާ ޘަވާބުގެ ވާހަކައެވެ. އަދި އެމަތިވެރި ޤުރުއާނުގެ މަތިވެރިކަން ބަޔާން ކުރައްވާފައިވެއެވެ. އަދި ޤުރުއާނުން މޫނު އަނބުރާލާ މީހުންނަށްހުރި ޢުޤޫބާތުގެ ވާހަކަވެސް ބަޔާންކުރައްވާފައި ވެއެވެ.

އަދި ޤުރުއާނަށް ތަބަޢަވީ މީހުންނަށްހުރި ޘަވާބާމެދު ދަންނައެވެ! ފަހެ އެބައިމީހުން މަގުފުރެދިގެން ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުވެވާނެތެވެ. އެބައިމީހުންނަށް މަގުފުރެދުމާއި އަބާއްޖަވެރިވުން ނަފީ ކުރެއްވުމުގެ ތެރޭގައި، އެބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ހިދާޔަތާއި ބާއްޖަވެރިކަން ލިބިގެންވުން ހިމެނިގެންވެއެވެ.

އަދި ޤުރުއާނުން މޫނުއަނބުރާލައި – އެޤުރުއާނަށް ޢަމަލުކުރުމަށް ބޮޑާވެގަތް – މީހުންނަށްހުރި ޢުޤޫބާތާމެދު ދަންނައެވެ! ފަހެ އެއީ ދުނިޔެއާއި އާޚިރަތުގައި މަގުފުރެދި އަބާއްޖަވެރި ވުމެވެ. ފަހެ ހަމަކަށަވަރުން އެމީހަކަށްވަނީ ދަތި އުނދަގޫވެގެންވާ ދިރިއުޅުމެކެވެ. އަދި އޭނާ ދުނިޔޭގައި ވާހުށީ، ހާސްކަމާއި ކަންބޮޑުވުމާއި އަދި ޞައްޙަ އަޤީދާއެއް އަދި ހެޔޮ ޢަމަލެއް ނެތް މީހަކަށެވެ

قال اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ ﴿١٢٣﴾ وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ﴿١٢٤﴾ قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنتُ بَصِيرًا ﴿١٢٥﴾ قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذَٰلِكَ الْيَوْمَ تُنسَىٰ ﴿١٢٦﴾وَكَذَٰلِكَ نَجْزِي مَنْ أَسْرَفَ وَلَمْ يُؤْمِن بِآيَاتِ رَبِّهِ وَلَعَذَابُ الْآخِرَةِ أَشَدُّ وَأَبْقَىٰ ﴿١٢٧﴾ [طه: 123 – 127 ] މާނައީ: “އެއިލާހު ވަޙީ ކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތްތެރިން ކަމުގައއިވާ ޙާލުގައެވެ. ފަހެ، ތިމަންއިލާހު ޙަޟުރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންއިލާހުގެ ތެދުމަގަށް ތަބަޢަ ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ. އަދި ތިމަންއިލާހުގެ ޛިކުރުން (އެބަހީ ޤުރުއާނުން) ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ. އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރައްބެވެ! ކަނުމީހެއްގެ ގޮތުގައި މިއަޅާ މަޙުޝަރަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ. އެއިލާހު ވަޙީ ކުރައްވާނެތެވެ. ހަމައެފަދައިން ތިމަން އިލާހުގެ އާޔަތްތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެއާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. އަދި (އުރެދުމުގައި) ހައްދުފަހަނަޅައިގޮސް، އަދި އޭނާގެ ވެރި ރައްބުގެ އާޔަތްތަކަށް އީމާން ނުވިމީހާއަށް، ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ ޢަޛާބު މާގަދައެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.”

ތެދުމަގަށް ތަބަޢަވެއްޖެ ހިނދެއްގައި އަބާއްޖަވެރިއެއް ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَ މާނައީ: ”ދެން ތިމަންރަސްކަލާނގެ ތެދުމަގަށް ތަބަޢަވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއް ވެސް ނުމެވާނޭމެއެވެ.“

 

އަނިޔާވެރި ކަމުގެ ސަބަބުން އެއްވެސް ކަމެއް ޙާޞިލެއް ނުވާނެއެވެ. އަނިޔާ ލިބޭ މީހާގެ ދުޢާއިން ހުރިހާ އެއްޗެއް ގެއްލިދަނީއެވެ.

0