ތިބާ ލޮލުން ފާފަ ކުރަމުން ދާއިރުވެސް އަދި ވެސް އެއީ ފާފައެއް ކަމަށް ތިބާއަށް ޤަބޫލުނުކުރެވުމަކީ އެއީ ތިބާ އެކަމާ މެދު ބިރުވެތިވާން ޖެހޭނެ ކަމެކެވެ.
އިންޓަރނެޓް، ޓީވީ ޗެނަލްތަކުން ދައްކާ ފާހިޝް މަންޒަރުތައް ހިމެނޭ ފޮޓޯތައް، ވީޑިއޯ، ފިލްމުތައް، ހިންދީ ޑުރާމާތައް ބަލާ މީހުން މަދެއް ނޫނެވެ. ﷲ އަށް ބިރުވެތި ނުވާކަމުގެ ހެއްކެއް އެއީ ތިބާ އަށް އެފަދަ ފާހިޝް މަންޒަރުތަކާއި ފޮޓޯތައް އެއެްވެސް ޖެހިލުމެއްނެތި ބެެލުމަކީ.
މިފަދަ ފާހިޝް މަންޒަރުތައް ލޯބީގެ ފިލްމުތައް ބެލުމުގެ ނަތީޖާއަކަށް ވެގެންދަނީ ފާހިޝް އަމަލުތައް ކުރުން އާންމުވުން.
ހިންދީ ޑުރާމާތަކާއި އެކި އެކި މޫވީތައް ބެލުމުގެ ނަތީޖާ އަކަށް ވެގެންދަނީ ކާފަރުން އުޅޭގޮތް މުސްލިމުންނަށް ކަމުދިޔުމެވެ. އެމީހުން އަޅާ ހެދުމާއި އެމީހުން ފާހަގަ ކުރާ ދުވަސް ތަކާ، ޅަ އުމުރުގައި ރިލޭޝަންޝިޕްއަކަށް ގޮސް، އެއްވެސް ބިރެއް ނެތި ފާހިޝް އަމަލުތައް ކުރަމުން ދެއެވެ.
ބެލެނިވެރިންވެސް ދަރިން އިންޓަރނެޓް ބޭނުން ކުރަމުންދާނަމަ ކައިރީގައި ހުރެ ދަރިފުޅު އެފަދަ ފިލްމުތައް، ނުވަތަ ފާހިޝް މަންޒަރުތައް ބެލިޔަ ނުދޭށެވެ.
ތިބާވެސް މި ފަދަ އެއްޗެހި ނުބަލަންވީއެވެ. ތިބާގެ ދަރިންވެސް ބެލިޔަ ނުދޭށެވެ. ތިބާއަށް އަދި ތިބާގެ ދަރިންނަށް ވެސް ކުރެވެމުން ތިދަނީ ލޮލުން ފާފައެކެވެ. ތިބާގެ އަމަލުތަކާމެދު ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އެބައާދޭ. ﷲ އަށް ބިރުވެތިވެ އަވަހަށް ތައުބާވޭ!
ފަހެ ޒައްރެއްގެ މިންވަރު ވިޔަސް ހެޔޮ ކަމެއް ކޮށްފި މީހާ އެކަން ދެކޭނެއެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް ނުބައި ކަމެއް ކޮށްފި މީހާ އެކަން ދެކޭނެއެވެ.