ނަޞޭޙަތާއި އިރުޝާދު
ބިރުވެތިވޭ!…ކައްވަޅުގެ ސުވާލުތަކަށް ޖަވާބު ނުދެވިއްޖެނަމަ ވަގުތުން ނަރަކައިގެ ހޫނުކަން ކައްވަޅަށް ފޯރާނެ

ކައްވަޅުގެ އަނދިރިކަން އިޙްޞާޞް ވެސް ނުކުރެވޭނެއެވެ. އެއީ މިދުނިޔެއިން މިފެންނަ ފަދަ އަނދިރިކަމަށްވުރެ އެތައް ގުނައެއް ބޮޑު އަނދިރި ކަމެކެވެ. މާ ބޯ އަނދިރިކަމެކެވެ. އިޙްޞާޞް ކުރަން ބޭނުން ނަމަ ތިބާގެ އަމިއްލަ އަތް ތިބާއަށް ނުފެންނަވަރަށް އަނދިރިކޮށްބަލާށެވެ. އެއަށްފަހު ކައްވަޅަކީ އެއިގެ ވެސް އެތައް ގުނައެއް އަނދިރިތަނެއްކަން އިޙްޞާޞްކޮށްލާށެވެ.

ތިބާ ވަޅުލީ ކިތަންމެ ބޮޑު ޖާގައެއް ކޮނެފައި ކިތަންމެ ފުޅައު ވަޅުގަނޑެއްގައި ނަމަވެސް ވަޅުލުމާއިއެކު ވަޅުގަނޑު ތިބާ ފިއްތައިލާނެއެވެ. ހިރިވެސް ނުލެވޭވަރަށެވެ. ސުވާލުކުރައްވަވާ 2 މަލާއިކަތުން ވަޑައިގަންނަވާނީ އެހިސާބުންނެވެ. ކައްވަޅުގައި ފިތި ތާށިވެފައި އޮއްވައެވެ.  ތިބާ އާއި ކުރެވޭ 3 ސުވާލަށް ޖަވާބު ނުދެވޭ ހިސާބުން ނަރަކައިގައި ތިބާއަށް ހުރި ޖާގަ ދައްކައިލެވޭނެއެވެ. ނަރަކައިގެ ހޫނުކަން ގަދަ އަލިފާންގަނޑު ކައްވަޅަށް ވަންނާނެއެވެ. އެ ހޫނުކަން ތިބާއަށް އިޙްޞާޞްކޮށްލުވުމަށެވެ.

ތިބާ މާތް ﷲ އަށް އެދި އާދޭސް ދަންނަވާނީ ޤިޔާމަތް ދުވަސް ނުގެންނެވުމަށެވެ. އެއީ ތިބާއަށް ދާންޖެހޭނީ ނަރަކައަށްކަން އެއިރު ޔަޤީންކުރެވޭތީއެވެ. ނަރަކައިގައި ލިބޭނެ އަޒާބު އެނގޭތީއެވެ.

ވިސްނާށެވެ. ކައްވަޅުގައި ތިބާ އާއި ކުރެވޭ 3 ސުވާލަށް ޖަވާބު ދެވެންދެން ދުނިޔޭގައި މާތް ﷲ އެންގެވި ގޮތުގައި އުޅުނު މީހުންނަށްވެސް ކައްވަޅު ހަމަ އަނދިރިވާނެއެވެ. ހަށިގަނޑުވެސް ފިއްތައިލާނެއެވެ. 3 ސުވާލަށް ޖަވާބު ދެވުމުން ސުވަރުގެއިން އަންނަ އަޑެއް އިވޭނެއެވެ. ބުނާނެއެވެ. ތިމަން ﷲ ގެ އަޅާ އެދިނީ ރަނގަޅު ތެދު ޖަވާބެވެ. އޭނާއަށް ސުވަރުގޭގައި ހުރި ނިއުމަތްތައް ދައްކައިލާށެވެ. ސުވަރުގޭގެ ފޭރާމުން އޭނާ ފޭރާން ލައްވާށެވެ. އޭނާއަށްޓަކައި ސުވަރުގެއިން ދޮރެއް ހުޅުވާށެވެ.

އެހިނދު އޭނާއަށް ސުވަރުގޭގެ ނިޢުމަތްތައް އީހްޞާޞްކުރެވިގެންދާނެއެވެ. ބިރުވެތިވާންވީ މިކަންކަމަށެވެ. ދުނިޔޭގައި ހުރެވޭ ދުވަސްކޮޅު ތައްޔާރުވާންވީ މިކަން ކަމަށެވެ. ކައްވަޅުގެ 3 ސުވާލަށް ރަނގަޅު ޖަވާބުދެވޭތޯއެވެ. ކިރިޔާވެސް ސަލާމަތްކަމެއް އޮތީ އެހިސާބުންނެވެ. ކުރެވޭ 3 ސުވާލަށް ރަނގަޅު ޖަވާބު ދެވިއްޖެ ނަމައެވެ.

0