އިބުރަތްތެރި ވާހަކަ
ސަޢުދީ ބިލިޔަނަރު ސުލައިމާން އަލްރާޖްޙީ ގެ ވާހަކަ

2011 ވަނަ އަހަރު އޭނާގެ މުއްސަނދިކަން 7 ބިލިއަން ޑޮލަރުގައި އަގުކުރެވޭ ކަމަށް ފޯބްސް މެގަޒިންއިން ބުނާއިރު ސުލައިމާން އަލް ރަޖްޙީ މަސައްކަތް ކުރަން ފަށާފައިވަނީ އުމުރުން އެންމެ 9 އަހަރުގައެވެ. އެއީ ސަޢުދީ ޢަރަބިއާގެ ވެރިރަށް ރިޔާދުގެ އަލް ޚަދްރާ މާރުކޭޓަށް ބާޒާރުކުރަން އަންނަ މީހުންގެ ދަބަސްތައް އުފުއްލައިދިނުމުގައެވެ. އޭނާގެ އުމުރުން ބާރު އަހަރުގައި ދެން ކުރަން ފެށި މަސައްކަތަކީ އަމިއްލަ ކުންފުންޏަކަށް ކަދުރު ހޮވުމުގެ މަސައްކަތެވެ.
ރެޔާ ދުވާލު ހޭދަވި މިމަސައްކަތުން އޭނާ އަށް އޭރު ލިބުނީ އެންމެ 6 ސަޢުދީ ރިޔާލު ނުވަތަ 1 އެމެރިކާ ޑޮލަރު ކަމަށް އޭނާ ބުނެފައިވެއެވެ. ސުލައިމާނު ބުނީ އެދުވަސްތަކުގައި އޭނާ ނިދީ ކަދުރު ރުއްތަކުގެ ކައިރީގައި ކަމަށާ އަތުގައި އޮންނަނީ އެންމެ ހެދުމެއް ކަމަށެވެ. ނަމަވެސް
އޭނާ ހިތްވަރު ދޫކޮށް ނުލާ ވަޒީފާތައް އަދާ ކުރަމުން ދިޔައެވެ.
ރާޖްޙީ ބޭންކަކީ އެންމެ ބޮޑު އިސްލާމީ ބޭންކެވެ. ފަރުދީ ފެންވަރުގައި ޤާއިމުކޮށްފައިވާ ވަޤުފުތަކަށް ބަލާއިރު އެންމެ ބޮޑު ވަޤުފެއް ކޮށްފައިވަނީ ސުލައިމާން އަލް ރާޖްޙީ އެވެ.
80ގެ އަހަރު ތައް ގުނަމުންދާ ޝެއިޚް ސުލައިމާން އަލް ރާޖްޙީ އަޅުކަމުޔާއި މަސައްކަތުގައި ވަރަށް ގިނަ ވަގުތު ހޭދަކުރައްވައެވެ. ކޮންމެ ދުވަހެއް ވެސް ފައްޓަވަނީ ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމަށް ފަހުގައެވެ. ސުލައިމާން އަލް ރާޖްޙީ އަބަދުވެސް ދުވަހުގެ ކަންކަން ތަރުތީބު ކުރައްވަން ނޯޓުބުކެއް ގެންގުޅުއްވައެވެ.
މުޅި ދުވަސް އޮންނާނީ ޕްލޭންކޮށްފައެވެ.
ސުލައިމާން ޓްވީޓުކުރައްވައިފައިވެއެވެ.
ދީލަތިވަންތަ އިލާހުގެ ފަޟްލުވަންތަކަމަށްފަހި ވިޔަފާރީގައި ކާމިޔާބު ލިބުނު އެންމެ ބޮޑު ސަބަބަކީ ދުވަހުން ދުވަހަށް ލިބޭ ފައިދާ ނުވަތަ ގެއްލުން ފޮތެއް ގައި ރެކޯޑު ކުރަމުން ދިޔުމެވެ.
ބޭނުންނެތް ވާހަކަ ދެއްކުމާއި ބޭކާރު ކަންކަމުގައި ވަގުތު ހޭދައެއް ނުކުރެއެވެ. ރައްޓެހިންނާއި ވަރަށް ގާތް ގުޅުމެއް ބާއްވައެވެ. .
ކޮންމެ މަސައްކަތެއް ވިޔަސް، ނޫންނަމަ ޝައުޤުހުންނަ ކޮންމެ ކަމެއް ކުރިއަސް، ކެރިގެން އެކަމެއް ރަނގަޅު ފެންވަރެއްގައި ކުރުމަށް ޢަޒުމް ކަނޑައަޅަންވީއެވެ. ކުރިއަރާގޮސް ކާމިޔާބުގެ މަތީ ހަރުފަތްތަކަށް ފޯރާނީ އޭރުންނެވެ.
ހިތްވަރޭ ހަމަ މިބުނާ ފުރިހަމަ ކާމިޔާބީގެ ސިއްރަކީ ތެދޭ
ހިތްވަރައިއެކު ކުރިމަތިލައިފިނަމަ އޮތީ ކާމިޔާބޭ ތެދޭ

(إِن تُبۡدُوا۟ ٱلصَّدَقَـٰتِ فَنِعِمَّا هِیَۖ وَإِن تُخۡفُوهَا وَتُؤۡتُوهَا ٱلۡفُقَرَاۤءَ فَهُوَ خَیۡرࣱ لَّكُمۡۚ وَیُكَفِّرُ عَنكُم مِّن سَیِّـَٔاتِكُمۡۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ)
[ ސޫރަތުލް ބަޤަރާ 271]
(واجب ނޫން) صدقات ތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ صدقات ތައް فقير ންނަށް ދެނީނަމަަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި، އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭ ކަމެކެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ބަޤަރާ ސޫރަތުގެ 271 ވަނަ އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރް ވިދާޅުވެފައި ވެއެވެ. ބައެއް ޙާލަތް ތަކުގައި ސިއްރުން ސަދަޤާތް ކުރުމަށްވުރެ ފާޅުގައި ސަދަޤާތް ކުރުން ހެޔޮކަން ބޮޑުވެގެނެް ވެއެވެ. ތިމާ ފާޅުގައި ސަދަޤާތް ކުރުމުން އެހެން މީހުންނަށް ތިބާއީ ނަމޫނާ އަކަށްވެ، އެފަދަ ހެޔޮ ޢަމަލުތައް ކުރުމަށް ހިތްވަރު ލިބޭ ނަމަ، ފާޅުގައި ސަދަޤާތް ދެވިދާނެއެވެ. މި ގޮތަށް އެ ޢަމަލު ކުރާއިރުގައި ވެސް ހިތުގައި ނިޔަތް އޮންނަން ވާނީ ހަމަ އެކަނި މާތް ﷲ ގެ ރުއްސެވުން ހޯދުމުގެ މައްޗަށެވެ. ޢިލްމު ވެރިން ވިދާޅުވާ ގޮތުގައި ހެޔޮ ޢަމަލުތައް މުޖުތަމަޢުގައި ދިރުވައި އާލާ ކުރުމުގެ ގޮތުން، ފާޅުގައި ސަދަޤާތް ކުރާ ގޮތަށް، އެހެން ހެޔޮ ޢަމަލުތައް ވެސް ފާޅުގައި ކުރެވިދާނެއެވެ.

0