ނަޞޭޙަތާއި އިރުޝާދު
ޤުރުއާނުގެ ބަގީޗާ: سورة الذاريات

سورة الذاريات

މި ސޫރަތުގެ މުހިއްމު ނުކުތާތައް

# ޤިޔާމަތް ވާނެކަމާއި ހިސާބުބެއްލެވޭނެކަން ކަށަވަރުކޮށްދިނުން

# ރަސޫލުން ދޮގުކުރުމުގެ ގޮތުން ކާފިރުން އެކިކަހަލަ ބަހަނާތައް ދައްކައެވެ. މި ބަހަނާތަކުގައި އެ ކާފިރުންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ.

# ތަޤްވާވެރިންނަށް ދެއްވޭނެ ހެޔޮ ޖަޒާ

# މި ބިންމަތީގައިވާ މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް

# އިންސާނާގެ ހަށިގަނޑުގައިވާ ކުޅަދުންވަންތަކަމުގެ ހެކިތައް

# އިބްރާހިމްގެފާނުގެ ގާތަށް އައީ މެހެމާނުންގެ ވާހަކަ

# ލޫޠުގެފާނު ގެ ޤައުމު ހަލާކު ކުރެއްވުނު ގޮތުގެ ވާހަކަ

# ހަލާކުކުރެއްވުނު ޤައުމުތަކުން ލިބޭ ޢިބްރަތްތައް

# މާތް ﷲ ގެ އެއްކައުވަންތަކުރުމުގެ ދަލީލުތައް

މި ސޫރަތުން ލިބޭ ބައެއް ޢިބްރަތްތައް 
ރިޒުޤުދެއްވަނީ ﷲ ތަޢާލާކަން ބަޔާންކުރެއްވުން. އެއީ އެއިލާހުގެ ޙަޟްރަތަށް މީސްތަކުން ރުޖޫޢަވެ އެއީލާހަށް އަޅުވެތިވުން ޙައްޤުގޮތުގައި އަޅުވެތިވުމަށެވެ.

”ޢާދު ބާގައި މީހުންގައި ވެސް ޢިބްރަތެއްވެ އެވެ. އެއީ ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގަ އެވެ. އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެ އެވެ.“ (އައްޛާރިޔާތު 41، 42)

ޝައްކެއް ނެތް ގޮތުގައި އެންމެހާ މަޚްލޫޤާތު އުފެއްދެވުމުގެ ޙިކުމަތަކީ އެތަކެއްޗާމެދު ވިސްނާ ފިކުރުކޮށް އެތަކެތި އުފެއްދެވި ފަރާތަކީ ހަމަ އެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަން މަޢުރިފާކޮށް ދެނެގަތުމެވެ. އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއާ އެއްވެސް ފަރާތަކާ ޝަރީކު ނުކުޅައުމެވެ. އާދެ! މިއީ އިންސާނުންވެސް އުފެއްދެވި ޙިކްމަތެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ (سورة الذاريات : 56) މާނައީ: ”ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ ތިމަންރަސްކަލާނގެ އިންސާނުންނާއި ޖިންނީން ނުއުފައްދަވަމުއެވެ.“

1