ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ޖިންނީންނަކީވެސް އިންސީންފަދައިން މުކައްލަފުވެވިގެންވާ ބައެއްކަން ބަޔާންވެގެންވުން
سورة الجنގައިވާ މުހިއްމު ނުކުތާތައް
ބައެއް ޖިންނި ކީރިތި ޤުރުއާނަށް އީމާންވާކަން
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ފޮނުއްވެވުމަށްފަހު ޖިންނީންގެ ޙާލަތު ހުރިގޮތް ބަޔާންވެފައިވޭ
މިސްކިތްތަކަކީ ބިންމަތީގައިވާ މާތްﷲގެ ގެކޮޅުތަކެއްކަން ބަޔާންވެގެންވޭ
މާތްﷲއަށް މެނުވީ އިތުރު އެހެން ފަރާތަކަށް ޣައިބުގެ ޢިލްމު އެނގިގެންނުވޭ
މި ސޫރަތުގެ 1 ވަނަ އާޔަތުން ފެށިގެން 5 ވަނަ އާޔަތުގެ ނިޔަލަށް ބަޔާންވެގެންވާ ގޮތުގައި އިސްލާމްދީން ބާއްވައލެއްވިގެންވަނީ އެންމެހާ ޢާލަމްތަކެއް ޝާމިލުވާގޮތަށް
ޖިންނީންގެ އެހީ ހޯދުމަކީ އެކަމުގައި ވަރަށް ބޮޑު ފަސާދައެއް އެކުލެވިގެންވާކަމެއް
﴿قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا * قُلْ إِنِّي لَن يُجِيرَنِي مِنَ اللَّـهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا﴾ [الجن:21-22] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ. * ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، ﷲ ގެ ޢަޛާބުން،ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.”
( وَأَنَّهُ تَعَالَى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلاَ وَلَدًا
އަދި އަޅަމެންގެ ވެރިރަސްކަލާނގެ عظمة ތެރިކަން މަތިވެރިވެގެންވެއެވެ. އަދި އެކަލާނގެ އަނބިކަނބަލަކުވެސް، އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ.
އެންމެ ފުރަތަމަ ބޭނުންވީ އުޑުގެ ޚަބަރުތައް ހޯދާށެވެ. ދެން އުޑުގެ އެކި ތަންތަނުގައި އަޑުއަހަން އިށީނދެ ތިބެން ފެށިއެވެ.
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
”އިންސީންގެ މައްޗަށް ޖިންނީން އަވަލައިގަތުމަށް މެދުވެރިވާ 3 ސަބަބެއްވެ އެވެ.
(1) ބައެއްފަހަރު ޖިންނީން އިންސީން ދެކެ ލޯބިވެ، އެކަމުގެ އުފާ ޙާޞިލްކުރުމަށްޓަކައި އިންސީންނާ އަވަލަ އެވެ. ފަހެ، އެހެން އެންމެހައި އަވަލުމަށްވުރެ އަވަލުމުން ސަލާމަތް ވުމާއި ރައްކައުތެރި ވުމަށް މިބާވަތުގެ އަވަލުން ފަސޭހަ އެވެ.
(2) އަދި ބައެއްފަހަރު އިންސީން ޖިންނިގެ ގަޔަށް ކުޑަކަމުގޮސް އަނިޔާކުރުމުގެ ސަބަބުން ނުވަތަ ޖިންނީންގެ ގަޔަށް ހޫނުފެން އެޅުމުގެ ސަބަބުން ނުވަތަ ޖިންނިއެއް ޤަތުލުކުރުމެވެ. ނުވަތަ އެ ނޫންވެސް ބާވަތްތަކުގެ އަނިޔާއެއް ކުރުމުގެ ސަބަބުންނެވެ. ފަހެ، މިއީ އިންސީންގެ މައްޗަށް އެންމެ ގަދަފަދައަށް އަވަލުމުގެ ބާވަތެވެ. ގިނަފަހަރަށް ޖިންނި އަޅައިގަންނަ މީހާ މަރާލަނީ މި ސަބަބަށްޓަކަ އެވެ. (މާނައީ، އެކަކު އަނެކަމަށް ކުރެވޭ ގޯނާގެ ސަބަބުންނެވެ.)
(3) އަދި ބައެއްފަހަރަށް އެއްވެސް ސަބަބަކާ ނުލައިވެސް ޖިންނި އިންސާނުންނާ ބެހުން އެކަށީގެންވެ އެވެ. އެއީ އިންސާނުންގެ ތެރެއިންވާ ސިކުޑިހަމަނުޖެހޭ މީހުން މަގު ހުރަސްކުރާ މީހުންނާ ބެހިހަދާ ފަދައިންނެވެ.“
***
ފަތުވާ ނަގާފައިވަނީ : مجموع الفتاوى (13/82)
އަދި ޖިންނީން ބުނިކަމަށް ﷲ ތަޢާލާ ޚަބަރުކުރައްވާފައިވެއެވެ.
وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَائِقَ قِدَدًا ﴿١١﴾ [سورة الجن]
މާނައީ: “އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ.”
އެބަހީ: ތަފާތު އެތައް މަޛްހަބުތަކެއްވެއެވެ. މުސްލިމުންނާއި ކާފިރުންނެވެ. އަދި ސުންނަތުގެ އަހުލުވެރިންނާއި ބިދުޢައިގެ އަހުލުވެރިންނެވެ.
އެސޮރުމެން ބުންޏެވެ.
وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ ۖ فَمَنْ أَسْلَمَ فَأُولَـٰئِكَ تَحَرَّوْا رَشَدًا ﴿١٤﴾ وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا ﴿١٥﴾ [سورة الجن]
މާނައީ: “އަދި ތިމަންމެންގެ ތެރެއިން މުސްލިމުންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، އިސްލާމްވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ތެދުމަގު އިޚްތިޔާރު ކޮށްފިއެވެ. [14] އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވިއެވެ. [15]” …
އެސޮރުމެންގެ ތެރެއިން ކާފިރުންނަށް އާޚިރަތް ދުވަހުން ޢަޛާބުދެއްވާނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެފައިވެއެވެ. އަދި ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މުއުމިނުންވާނީ ސުވަރުގޭގައިކަމެވެ. ރިވާވެގެންވެއެވެ.
” أَنَّهُمْ يَكُونُونَ فِي رُبَضِ الْجَنَّةِ تَرَاهُمْ الْإِنْسُ مِنْ حَيْثُ لَا يَرَوْنَهُمْ “
މާނައީ: “ޖިންނީންވާނީ ސުވަރުގޭގެ މަލަމަތީގައެވެ. އެސޮރުމެންނަށް އިންސާނުން ނުފެނި، އިންސާނުންނަށް އެސޮރުމެން ފެންނާނެއެވެ.”
ޖިންނީންނަކީ ބުއްދިދެއްވާފައިވާ ދިރޭ އެއްޗެކެވެ. އެސޮރުމެންނަށް އަމުރުކުރައްވާފައިވާ ކަންތައްތަކާއި ނަހީކުރައްވާފައިވާ ކަންތައްތައް ވެއެވެ. އަދި އެސޮރުމެންނަށް ޘަވާބާއި ޢަޛާބުވެއެވެ. ނަބިއްޔާ صلى الله عليه وسلم އެސޮރުމެންގެ ގާތަށް ފޮނުއްވާފައިވުމުން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމުގައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެހެން އިންސާނުންނާމެދު ޢަމަލުކުރާގޮތަށް އެސޮރުމެންނާމެދުވެސް ޢަމަލުކުރުމަށެވެ.
ފަހެ، މިކަމުގެ ސަބަބު، ޞަޙީޙް މުސްލިމް އަދި އެނޫންވެސް ޙަދީޘް ފޮތްތަކުގައި އިބްނު މަސްޢޫދުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްގައި ބަޔާންކުރައްވާފައިވެއެވެ.
أن النَبِي صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((أَتَانِي دَاعِي الْجِنِّ فَذَهَبْتُ مَعَهُ فَقَرَأْتُ عَلَيْهِمُ الْقُرْآنَ))، قَالَ: فَانْطَلَقَ بِنَا فَأَرَانَا آثَارَهُمْ وَآثَارَ نِيرَانِهِمْ، وَسَأَلُوهُ الزَّادَ فَقَالَ: ((لَكُمْ كُلُّ عَظْمٍ ذُكِرَ اسْمُ اللهِ عَلَيْهِ يَقَعُ فِي أَيْدِيكُمْ لَحْمًا، وَكُلُّ بَعْرَةٍ عَلَفٌ لِدَوَابِّكُمْ))، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((فَلَا تَسْتَنْجُوا بِهِمَا فَإِنَّهُمَا زَادُ إِخْوَانِكُمْ))
މާނައީ: “ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ޖިންނީންގެ ތެރެއިން ބަޔަކު ތިމަންކަލޭގެފާނުގެ އަރިހަށް އައެވެ. (އެއީ އެއަށްފަހު އެސޮރުމެންގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވާލި ޖިންނީންނެވެ. އިބްނު މަސްޢޫދު ވިދާޅުވިއެވެ.) ފަހެ، ތިމަންމެނާއެކު ވަޑައިގެން، އެސޮރުމެންގެ އަސަރުތަކާ އަލިފާނުގެ އަސަރުތައް ދެއްކެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ކޮއްތާމެދު ސުވާލުކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންނަށް ލިބޭ ކަށީގެ ތެރެއިން، (އެއެއްޗެއް ކެއުމުގެ ކުރިން) ﷲ ގެ ނަންފުޅު ގަނެވިފައިވާ ކޮންމެ ކަށްޓެއް ފުރާ މަސްލެއްވޭނެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތަކަށްވަނީ (އިންސާނުންގެ ޖަނަވާރުތަކުގެ) ބޮޑުކަމުދާ ތަކެއްޗެވެ.” ފަހެ، ރަސޫލުﷲ صلى الله عليه وسلم (އަޞްޙާބުބޭކަލުންނަށް) ޙަދީޘްކުރެއްވިއެވެ. “ފަހެ އެދޭތިން [އެބަހީ: ކަށިންނާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތިން] ތިޔަބޭކަލުން އިސްތިންޖާ ނުކުރާހުށިކަމެވެ. އެހެނީ އެއީ ތިޔަބޭކަލުންގެ އަޚުންގެ (އެބަހީ: ޖިންނީންގެ) ކާނާއެވެ.” “
ޞަޙީޙް ބުޚާރީއާ އަދި އެނޫންވެސް ޙަދީޘް ފޮތްތަކުގައި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ.
أَنَّهُ كَانَ يَحْمِلُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إدَاوَةً لِوُضُوئِهِ وَحَاجَتِهِ، فَبَيْنَمَا هُوَ يَتَّبِعُهُ بِهَا قَالَ: ((مَنْ هَذَا؟)) قُلْت: أَبُو هُرَيْرَةَ، قَالَ: ((ابْغِنِي أَحْجَارًا أَسَتَنْفُضُ بِهَا، وَلَا تَأْتِنِي بِعَظْمٍ وَلَا بِرَوْثَةٍ)) فَأَتَيْته بِأَحْجَارٍ أَحْمِلُهَا فِي طَرَفِ ثَوْبِي حَتَّى وَضَعْتهَا إلَى جَنْبِهِ، ثُمَّ انْصَرَفْت حَتَّى إذَا فَرَغَ مَشَيْت، فَقُلْت: مَا بَالُ الْعَظْمِ وَالرَّوْثَةِ؟ قَالَ: ((هُمَا مِنْ طَعَامِ الْجِنِّ وَإِنَّهُ أَتَانِي وَفْدُ جِنِّ نصيبين – وَنِعْمَ الْجِنُّ – فَسَأَلُونِي الزَّادَ فَدَعَوْت اللَّهَ لَهُمْ أَنْ لَا يَمُرُّوا بِعَظْمِ وَلَا رَوْثَةٍ إلَّا وَجَدُوا عَلَيْهَا طَعَامًا)). [البخاري في الوضوء (١٥٥) وفي مناقب الأنصار (٣٨٦٠)]
މާނައީ: “ނަބިއްޔާ صلى الله عليه وسلم ވުޟޫކުރައްވާ އަދި ބޭނުންކުރެއްވުމަށް ފެން ކަންވާރެއް އެކަލޭގެފާނު އުފުއްލެވިއެވެ. ފަހެ، އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގަންނަވަނިކޮށް ދެންނެވިއެވެ. “ކޮންބޭކަލެއް ހެއްޔެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. “އަބޫހުރައިރާއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު އިސްތިންޖާ ކުރެއްވުމަށް ހިލަކޮޅުތަކެއް ގެނެސްދެއްވާށެވެ. ކައްޓާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތި ނުގެންނާށެވެ.” ދެންފަހެ، ތިމަންކަލޭގެފާނުގެ ހެދުމުގެ ފަސްބަޔަށް ހިލަކޮޅުތަކެއް އަޅައިގެން ގެނެސް އެކަލޭގެފާނުގެ އަރިހުގައި ބެހެއްޓީމެވެ. އަދި އެކަލޭގެފާނު ނިމިވަޑައިގަންނަވަންދެން ދުރަށް ޖެހުނީމެވެ. (އެކަލޭގެފާނު ނިމިވަޑައިގަތުމުން) ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. “ކައްޓާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތިން (އިސްތިންޖާ ނުކުރެއްވީ) ކީއްވެ ތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެ ދޭއްޗަކީ ޖިންނީންގެ ކާނާއެވެ. ތިމަންކަލޭގެފާނުގެ އަރިހަށް ނަޞީބައިނި ގެ ތެރެއިން ޖިންނީންގެ ވަފުދެއް އައެވެ. – އެއީ ވަރަށް ރަނގަޅު ބަޔެކެވެ. – ފަހެ ތިމަންކަލޭގެފާނުގެ އަރިހުގައި ކޮއްތާމެދު ބެހޭގޮތުން ސުވާލުކުރިއެވެ. ފަހެ، އެބައިމީހުން ހުރަސްކޮށްފައިދާ ކޮންމެ ކައްޓަކާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެއްޗެއްގައި އެބައިމީހުންނަށް ކާނާ ލެއްވުމަށް ﷲ ޙަޟްރަތުގައި ދުޢާދެންނެވީމެވެ.” “
ނަބިއްޔާ صلى الله عليه وسلم، ޖިންނީންނާއި އެސޮރުމެންގެ ޖަނަވާރުތަކުގެ ކާނާއިން އިސްތިންޖާކުރުން ނަހީކުރެއްވުމުން އެއީ އިންސާނުންނާއި އެބައިމީހުންގެ ޖަނަވާރުތަކުގެ ކާނާވެސް އެފަދައިން ފަސާދަ ނުކުރުމަށް ބާރުލިބޭ ކަމެކެވެ. ނަޖިސް އުނގުޅިފައިވާ ކާނާއަށް ނުރުހުންތެރިވުމަކީ އިންސާނުންގެ ފިތުރަތުގައިވާކަމަކަށް ވާތީ އެވާހަކަ ގެންނަވާފައި ނުވަނީއެވެ. ނަމަވެސް ޖިންނީންގެ ކާނާއަކީ ކޮބާކަން އިންސާނުންނަށް ނޭނގޭތީ ކައްޓަކާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތީގެ ވާހަކަ ގެންނަވާފައި ވަނީއެވެ. އެހެންކަމުން އެތައް ޞައްޙަ ޙަދީޘެއްގައި އެކަން ނަހީކުރައްވާފައިވަނީއެވެ. އަދި މިޞައްޙަ ޙަދީޘްތަކުން ޖިންނީންނާ އެކަލޭގެފާނު މުޚާޠަބުކުރެއްވިކަމާއި، އެސޮރުމެންވެސް އެކަލޭގެފާނާ މުޚާޠަބުކުރިކަމާއި، އެސޮރުމެންނަށް ޤުރުއާން ކިޔަވައި ދެއްވިކަމާ އަދި އެސޮރުމެންގެ ކޮއްތާ ބެހޭގޮތުން ސުވާލުކުރެއްވިކަން ޘާބިތުވެއެވެ.
ޞަޙީޙް ބުޚާރީއާއި ޞަޙީޙް މުސްލިމްގައި އިބްނު ޢައްބާސް ވިދާޅުވިކަމަށް ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވީ ނަބިއްޔާ صلى الله عليه وسلم ޖިންނީން ދެކެވަޑައެއް ނުގަންނަވައެވެ. އަދި އެސޮރުމެންނާ މުޚާޠަބުވެސް ނުކުރައްވައެވެ. ނަމަވެސް އެސޮރުމެން ޤުރުއާން އަޑުއެއްސެވެ. [البخاري في التفسير (4921)، ومسلم في الصلاة (449/149)]