ނަޞޭޙަތާއި އިރުޝާދު
މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ 5 ފައިދާ

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދުނިޔެވީ ގޮތުންނާއި އުޚުރަވީގޮތުން އޭގެ މަންފާއާއި ފައިދާ ކުރާނެކަމެކެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ސަބަބުން ހާސިލްވާނެ ފަސް ފައިދާ: 

1. ގިނަގުނަ އަޖުރު ލިބޭނެ
އެއްފަހަރަކު މީހަކު އިސްލާމްދީނަށްޓަކައި ޖިހާދު ކުރަން ދާން އެދޭ ވާހަކަ ކީރިތި ރަސޫލާ އަރިހު ދެންނެވިއެވެ. އެ ވަގުތު އެ މީހާގެ މައިންބަފައިން ދުނިޔޭގައި އެބަ ތިބިތޯ ރަސޫލާ ސުވާލު ކުރެއްވިއެވެ. އެ މީހާ ދެންނެވީ، މައިންބަފައިން ދުނިޔޭގައި އެބަ ބިތި ކަމަށެވެ. އެ ހިނދު ރަސޫލާ ޙަދީޘް ކުރެއްވީ ކީކޭކަން ތިކުދިންނަށް އެނގޭހެއްޔެވެ؟ އެ މީހާގެ އެހީއަށް ބޭނުންވާ މައިންބަފައިން އެބަތިބިކަން އެނގިވަޑައިގަތުމުން ރަސޫލާ އެ މީހާއަށް އަމުރު ކުރެއްވީ އެނބުރި ގެއަށް ދާށެވެ. އަދި ގޮސް މައިންބަފައިންނަށް ކަމޭ ހިތާށެވެ. އޭރުން ޖިހާދު ކުރުމުން ލިބޭނެ ޘަވާބު ލިބޭނެ ކަމަށް ވެސް ކީރިތި ރަސޫލާ އެ މީހާއަށް އުނގަންނަވައި ދެއްވިއެވެ. މި ވާހަކަ އޮންނަނީ ޞަޙީޙް އަލްބުޚާރީގެ 3004 އަދި މުސްލިމްގެ 2549 ވަނަ ޙަދީޘްގައެވެ.
2. މުޞީބާތްތައް ފިލާނެ
3. މާތްﷲ ގެ ރުއްސެވުން ލިބޭނެ
4. ރިޒުޤު ތަނަވަސްވާނެ
5. އުމުރުގައި ބަރަކާތް ލެއްވި އުމުރު ދިގުވެގެން ދާނެ

0