ނަޞޭޙަތާއި އިރުޝާދު
ޢިލްމީ މަޖްލިސް ދޫކޮށް ކުކުޅު ތަކަށް ކާންދޭން ދިޔަ ޢިލްމުވެރިއެއްގެ ވާހަކަ

އެއްދުވަހަކު، ސަލަފުންގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޙައިވާ ބިން ޝުރައިޙު ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. “ދަރިފުޅާ، ކުކުޅުތަކަށް ކާންދޭން އާދޭ!” އަޅުގަނޑުމެންނަމަ މިފަދަ ޙާލަތެއްގައި ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟ ދަރިވަރުންނަށް ކިޔަވާދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ މިގޮވާލައްވަނީ އާދައިގެ ކުޑަކުޑަ ކަމަކުއެވެ. ކުކުޅުތަކަށް ކާންދޭން ދިއުމަށެވެ. އާދެ، އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކު ފިޔަވައި، އެހެން ހުރިހާ އެންމެން ކަހަލަގޮތަކަށް އެވަގުތު މަންމައަށް ޖަވާބުދޭނީ ‘ފަހުން އެބަދަމެވެ’ ނުވަތަ ‘އިރުކޮޅަކުން އެބަދަމެވެ’ މިފަދަ ގޮތަކަށްކަމާމެދު ޝައްކެއްނެތެވެ. އެކަމަކު ސަލަފުންގެ މިމަޝްހޫރު ޢިލްމުވެރިޔާ ކަންތައް ކުރެއްވީ އެހެންނެއްނޫނެވެ. އެކަލޭގެފާނު އަވަސްވެލެއްވީ މަންމަގެ ގޮވާލެއްވުމަށް އިޖާބަ ދެއްވުމަށެވެ. ކީއްވެތޯއެވެ؟ މަންމައަކީ ކިހާވަރެއްގެ ފަރާތެއްކަން އެކަލޭގެފާނަށް އެނގިލައްވާތީއެވެ. ދީނުގައި މަންމައަށް ދެވިފައިވާ ޤަދަރު އެނގިލައްވާތީއެވެ.

“كُلُّ ذُنُوبٍ يُؤَخِّرُ الله مِنْهَا مَا شَاءَ إِلَى يَوْمِ الْقِيَامَةِ إِلَّا الْبَغْيُ وَعُقُوقُ الْوَالِدَيْنِ أَوْ قَطِيعَةُ الرَّحِمِ يُعَجِّلُ لَصَّاحِبِهَا فِي الدُّنْيَا قَبْلَ الْمَوْتِ”
رواه البخاري في الأدب المفرد

ހުރިހާ ފާފަތަކުގެ ތެރެއިން ﷲ އިރާދަކުރައްވާ ފާފަތަކަކަށް، އެފާފަތަކުގެ ޢަޛާބުނުދެއްވައި ޤިޔާމަތްދުވަހާއި ހަމައަށް ލަސްކުރައްވައެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި البغي ފިޔަވައެވެ. ފަހެ ގާތް
ތިމާގެ ކަމުގެ ގުޅުން ކަނޑާލައިފިނަމަ މީހާއަށް ނުވަތަ މައިންބަފައިންނަށް
ދުނިޔެމަތީގައި ނުކިޔަމަންތެރިވާ މީހާއަށް އަދި ޒިނޭކުރާމީހާއަށް އޭނާ މަރުވުމުގެ ކުރިން ޢަޛާބު އަވަސްކުރައްވައެވެ.

 

 

 

0