އަޚްލާޤު
މަދަހަ ލިރިކްސް: ނުވަ މަސް ދުވަހުގެ ގަދަ ވޭނުގައި…

ނުވަމަސް ދުވަހުގެ ގަދަވޭނުގައި
ދުޅަވެސް ހެޔޮނުވެ ފައިތިލަ މަތިން
ކުޑަވެސް ލޮޅުމެއްވެ ނުދީ އެކޮޔަށް
މޮޔަވާވަރު ވެފަވާ އޯ އޯ މަންމާ
ވެސް ހަމަނުވަނީސް އަދަދުން ދުވަސް
ވިސްނަން ފަށައޭ ކޮންއިރަކުތޯ
ދެލޮލުން ދުށުމަށް އެފުރާނަ މަގޭ
ކެތްތެރިކަން ކުޑަވެފަ އޯ އޯ މަންމާ
ވިހެއުމުގެ އެގަދަފަދަ ވޭނުގައި
ކިޔެވުނު ހެޔޮ އެއްޗެއް ކިޔަވައޭ
އެ ދެލޯފުޅު ފުރިހަމަ ސިއްޙަތުގައި
ލައްވާތޯ އެދިއެދި އޯ އޯ މަންމާ
މުޅި ދުނިޔެ ނިދާ ފައިތިލަ އޮބުނަސް
ޅަފުރާނަ އުނގަށްލައިން ބަލަބަލާ
އަޑަކަށް އިވެނީ ކެނޑިނޭޅި އިވޭ
ނާނާ ކިޔުމުގެ އަޑު އޯ އޯ މަންމާ
އެކި ރޭރޭ އެކިއެކި ޙާލުގައި
ހިތް ތުރުތުރުލާ އޮވެ ސާލުގައި
ރައްކާތެރިކޮށް ފިރުމާ ދެއަތުން
ހިތްވަރުގަދަ ލޮބުވެތި އޯ އޯ މަންމާ
ވަކި ކޮންވަގުތެއްތޯ ލިބިދަނީ *2
ބުރަކަށި ޖައްސާލައިން އޮވެލުމަށް
އެފަކީރު ލޮލަށް ނިދިވެސް ނާދޭ
ނިޔަނެތި އޯގާތެރި އޯ އޯ މަންމާ
ތާރީޚުގަ ބޮޑުކޮށް ލިޔުނަކަސް
ތަޢުރީފުގެ ބަސްހުސްވާނެތޯ
ޝުކުރެއް ކުރިޔަސް ދުލަކުން ނުފުދޭ
ޝުކުރުގެ ވެރި ކަމަނާ އޯ އޯ މަންމާ
ނޭދޭ ކުޑަވެސް އަނިޔާއަކަށް
ގޭދޮށު މީހުންގެ ޝިކާރަޔަކަށް
ފިނިކަން ލިބެނީ ބެލުމުން އެކޮޔަށް
ލޮލުފިޔަ ޖެހުމެއްނެތި އޯއޯ މަންމާ
ފެންވަރުވާ ބޮލުގަ ފުނާއަޅާ
ލައްވާލާ ސަޅިއެ ލިބާސްތަކާ
ވަޑުވާލާފައި ގޭ ކުޑައެނދުގައި
ލޯތްބާއެކު ބޮސްދީ އޯ އޯ މަންމާ
ދަރިފުޅު ހެލިފެލިވެ ހިނގަންފަށައޭ
ތަރިއެއް ފަދައިން ބަބުޅަން ފަށައޭ
ވަރިހަމައޭ ބުނެލާ ކޮންމެ ކަމެއް
ޚިދުމަތުގަ އަބަދު ހުރެ އޯއޯ މަންމާ
ޅަފަތުގެ ބޮޑު ބުރަވެސް ނިމިދެޔޭ
މަންމަގެ ޚިދުމަތްތައް ދެމިހުރޭ
ލޯތްބާ ކުލުނަށް ބަދަލެއް ނާދޭ
ލޯތްބާ ކުލުނުގެ ވެރި އޯއޯ މަންމާ
ޚިދުމަތުގެ އަދަދު ކުރެވޭނެތޯ *2
އަގު އޭގެ އަދާކުރެވޭނެތޯ
އަބަދަށް ގުނިޔަސް އަދަދެއް ނުވެޔޭ
ޚިދުމަތުގެ އެ ރަންތަރި އޯއޯ މަންމާ
އެދިދާނޭތޯ ދުނިޔޭގައިވެސް
ނެތިދިއުމަށްފަހު އާޚިރަތުގަވެސް
މައި ލަގޮނޑި އަބަދު އެދިއެދި ހުރެއޭ
ދެދުނިޔެ ލިބުމަށް މަށަށް އޯއޯ މަންމާ
އެކިވަގުތު ހަނދާނަށް އާދެޔޭ
އެ ފަކީރުގެ ނިކަމެތި ޙާލުތައް
ކަރުނައިން ފުރިދޭ މިދެލޯ މަގޭ
ޛިކުރާ ކުރުމުންފަހެ އޯއޯ މަންމާ
ނޭދޭނެ ޢަޛާބެއް ލިބުމަކަށް
އަލިފާން ކަންޏެއްވެސް ޖެހުމަކަށް
ވީ އިރު މަންމާ ރޮއެފައި މަ ބުނަން
ހާނާށެ މަ ދީނަށް އޯއޯ މަންމާ
އެދެމޭ އަހަރެންވެސް އިނދެލުމަށް
ޖަންނަތުގައި މަންމަގެ އުނގުތެރޭ
ކުރަމޭ މަދުޢާ ލިބުމަށް ޖަންނަތު
އަހަރެންގެ ތިލޮބުވެތި އޯއޯ މަންމާ
ނުލިބޭނެ ފަލާޙާ ކާމިޔާބު
ނުލިބެއްޖެ ހިނދަކު ރުހުމެއް މަންމަގެ
ކުރެވުނު ކުށަކަސް ބުނެވުނު ބަހަކަސް
މާފަށް އެދި ގޮވަމޭ، އޯއޯ

0