ދޮގުހަދާނަމަ އެމިހާއަށް އެކަން ބައްޔަކަށްވެ ހުއްޓައިނުލެވޭ ހިސާބަށް ކަންކަން ދާނެ ކަމަށް މުފްތީ އިސްމާޢީލް މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ ވިދާޅުވީ ” ދޮގެއް ހަދައިފިނަަމަ އެދޮގު އައިސް އިންސާނާ ވަށައިލާނެ ކަމަށާއި އެހެން ކަމުން އެދޮގުން ސަލާމަތް ނުވެވިގެން އުޅެން ހަދައިގެން އެތައް ގިނަ އިތުރު ދޮގުތައް ހަދަންޖެހޭނެ. ދެ ދުނިޔޭގައިވެސް ދިންނެވުން އޮތީ ދޮގުހެދުމުން ސަލާމަތްވެ ތިބެގެން. ދޮގު ހެދުމަކީ މުނާފިޤުންގެ ސިފައެއް ކަމަށާއި މުނާފިޤުންނަކީ ގެއްލެނިވެގެންވާ ބައެއް. ދޮގުހަދާ މީހާ ދޮގުހަދަމުން ގޮސް އެމީހާގެ ނަން ﷲގެ ޙަޟްރަތުގައި އޮންނަ ދޮގުހަދާ މީހުންގެ ދަފްތަރުގައި ލިޔެވެންދެން ދޮގު ހަދާނެ. ނަމަވެސް އެއީ އެއްވެސް މުސްލިމަކު އެދޭނެ ގޮތެއް ނޫން. ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ މާތް މީހުންގެ ދަފްތަރުގައި އެމީހާގެ ނަން ލިޔެވެން. ދޮގުހަދާ މުނާފިޤުންގެ ދަފްތަރުގައި ލިޔެވޭކަށް ބޭނުމެއް ނުވާނެ.”
މުފްތި ވިދާޅުވީ ދޮގު ހަދަން އާދަވެފައިތިބޭ މީހުން ﷲގެ ނަންފުޅު ބޭނުންކޮށްގެންވެސް ދޮގުހަދަންޖެހިލުންނުވާ ކަމަށެވެ. “ކިތަންމެ އާދައިގެ ކަމެއްގައި ނަމަވެސް ބުނާނެ ﷲ ގަންދެމޭ. ކީީރިތި ޤްރްއާން ގަންެދެމޭ. މިހެން ގޮސް ކިޔުނުހައި އެއްޗެއް ކިޔޭނެ. ތެދުބަހުން ވާހަކަދައްކާ މީހުންނަށް މީސްތަކުން އިތުބާރު ކުރާނެ ކަމަށާއި ދުލުން ބުނާ ކޮންމެ ބަހަކާއި ގުޅުވައިގެން ﷲ ގަންދީ ހުވާކުރަން ނުޖެހޭނެ.”
އިތުރަށް މުފްތީ ވިދާޅުވީ ” މީސްތަކުން ދޮގު ހަދާ ސަބަބުތައް ކީރިތި ޤްރްއާނުގައި ﷲ ބަޔާންކުރައްވަވާފައިވާ ކަމަށާއި އެއިގެ ތެރެއިން އެއް ސަބަަބަކީ ތިމާއަކީ އެހެން މީހުންނަށްވުރެ މަތީ މީހެއްކަން އެންގުން ކަމަށެވެ. ކަލެއަށް ލިބޭ އާމްދަނީ އާއިމެދު މީހަކު ސުވާލުކޮށްފާނެ. ދޮގުހަދައި ބޮޑެތި އަދަދުތައް ނުބުނޭ. އަސްލު އަދަދު ބުނޭ. އެއިރުން ﷲ ކަލެއަށް ޞަދަޤާތް ދެއްވަވާނީ. ނޫނީ އެއީ ކަލެއާއިބެހޭ ކަމެއް ނޫން ކަމަށް ބުނެ މަޑުންހުރޭ. ދޮގު ހެދުމަކީ ﷲ ހަރާމް ކުރައްވަވާފައިވާ ކަމެއް. ވީއިރު ކީއްކުރަންތޯ އަޅުގަނޑުމެން ދޮގު ހަދާމީހުންގެ އަޑުއަހަންވީ. އެކަމަށް ސަމާލުކަންދޭންވީ؟”
މިފަދަ ހުރިހައިކަމެއް ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އެބަހުރި ކަމަށް ހާމަކޮށް ވިދާޅުވީ “ކަމަކާއިމެދު ވިސްނައި ދަސްކުރަން ބޭނުންމީހާ، އެމީހާ ބޭނުންވާ މައުޟޫއު ޚިޔާރުކޮށް ކީރިތި ޤްރްއާނުން ތަފްޞީލު ހޯދަން މަސައްކަތްކޮށްފިނަމަ އެއީީ ކޮންމެ މައުޟޫއެއް ނަމަވެސް ތަފްޞީލު ލިބޭނެ. އަދި އެއީ ކީރިތި ޤްރްއާނަކީ ﷲގެ މަތިވެރި މުޢުޖިޒާތެއްކަމުގެ ހެކިތަކުގެ ތެރެއިން ހިމެނޭ ކަމެއް”