ޢަރަފާތު ދުވަހު އެންމެ މޮޅުއިތުރުވެގެންވާ ދުޢާކަމަށް ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ދުޢާއަކީ:
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ
ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. ” އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތް ދުވަހު ކުރާ ދުޢާއެވެ. އަދި އެންމެ ހެޔޮ ދުޢާއަކީ ތިމަން ނަބިއްޔާއާއި ތިމަން ނަބިއްޔާގެ ކުރީގެ ނަބީބޭކަލުންވެސް ވިދާޅުވެފައިވާ: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ އެވެ.” (رواه الترمذي وحسنه الألباني)
ކޮންމެއަކަސް އަޅުގަނޑުމެން އެންމެންނަކީ މިފަދަ މަތިވެރި ދުވަހެއްގެ ފާފަ ފުއްސެވުމާއި ރަޙްމަތަށް ދަހިވެތިވެފައިވާ ބައެއް ކަމުގައިވެ އަޅުގަނޑުމެންގެ އާޚިރަތުގެ ތިލަފަތް ބަރުކުރުމަށް ގަދައަޅާ މަސައްކަތް ކުރަމާތޯ!