އެއީ މައިންނަށް ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ބައެއް މައިން ދަރިން ގޮވައިގެން މިސްކިތަށްދާތަން ފެނެއެވެ. އަދި ނިމޭއިރަށް ބަލައި ގޮސް ތިބޭތަންވެސް ފެނެއެވެ. އެއީ ހާދަ ރަނގަޅު ކަމެކެވެ.
ދަރިފުޅު ގޮވައިގެން ބައްޕަ ޤަވާއިދުން މިސްކިތަށް ދިއުމުގެ ބޭނުން ކިތަންމެހައިވެސް ބޮޑެވެ. ވަގުތުވީވަރަކުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ކުދިން އެކަނި މިސްކިތަށް ފޮނުވުމަކީ އެހެން ކުދިންނާއި ގުޅި ބައެއް އެހެން އަމަލުތައް ކުރުމަށް މަގުފަހިވާ ކަމަަކަށްވާތީއެވެ.
ޢީދު ދުވަސް ފަދަ ދުވަސްދުވަހު މިފެންނަ ފަދަ އުފާވެރި މަންޒަރުތައް ކޮންމެ ނަމާދެއްގައިވެސް ފެނިގެންދާނެ ނަމަ އަޅުގަނޑުމެންގެ މުޖުތަމައު އަކީީ އިސްލާމީ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމުގެ ފުރުޞަތު އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.
މައިން ތުއްތު ކުދިން ގޮވައިގެން ޢީދު ނަމާދަށްދާއިރު ބޮޑެތި ކުދިން ގޮވައިގެން ބައްޕައިން ޢީދު ނަމާދަށްދާ މަންޒަރަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ މަންޒަރެކެވެ.
ކުދިންނަށް ހަދިޔާ ދޭންވާނެއެވެ. ކުޅޭ ސާމާނުވެސް ދޭންވާނެއެވެ. ނަމަވެސް އެފަދަ ހުރިހައި ހުރިހައި ކަންކަމަށްވުރެ އަގު ބޮޑު ހަދިޔާއަކީ ނަމާދަށް އަހުލުވެރިކުރުވުމެވެ. އެއަށްވުރެ އަގު ބޮޑު ހަދިޔާއެއް ދަރިންނަކަށް ނުދެވޭނެއެވެ.