އަންހެން ދަރިފުޅު ބޮޑުވުމުން މީހަކާ ރައްޓެހި ނުވަންޏާ ކައިވެނި ކުރާނެ މީހަކު ނުވާނެޔޭ ބުނާ ބުނުން ހުއްޓާލާށެވެ.
ލޮބުވެތި އުޚްތެއްގެ ދުލުން. މިއުޚްތަކީ ޤުރުއާން ހިތުދަސް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ ސުންނަތްތައްވެސް ކުރަމުންދާ އުޚްތެކެވެ. މިއަދު މި އުޚްތު އެންމެ އުފާވާކަމަކީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ހިލޭފިރިހެނަކާ ގޯސް ގުޅުމެއް ނުބާއްވާ އެއްވެސް މީހަކާ ރައްޓެހިވެ މީޓްކޮށް ހަދާފައިވާ އުޚްތެކެވެ.އެ އުޚްތާ ބުންޏެވެ. އަހަރެންގެ ހަޔާތުގަ ދުވަހަކުވެސް މީހަކާ ރައްޓެއްސެއް ނުވަމެވެ. އަބަދުވެސް ދިޔައީ ސޯލިހު ފިރިއެއް ދެއްވާތޯ ﷲ ގެ ހަޟްރަތުގައި ދަންނަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންނަށް ވަރަށް ދީންވެރި ފިރިހެން ކުއްޖަކާއި ކައިވެނި ވިއެވެ. އަދި ޒަވާޖީ ހަޔާތްވެސް ވަރަށް ކާމިޔާބެވެ.މި އުޚްތަށް މިހާރުވަނީ ދަރިއަކުވެސް ލިބިފައެވެ.
ގޯސް ގުޅުމަކުން ކައިވެނި ވެވިއްޖެނަމަ އެކައިވެނީގެ ބަރަކާތް ކެނޑިގެންދެއެވެ. ކައިވެނީގެ ހަޔާތް އަބާއްޖަވެރި ވުމުގެ ތެރޭގައި ކައިވެނި ކުރުމެގެ ކުރީގައި ރައްޓެހިވެގެން އުޅުމުގެ ނުބައި ސަގާފަތް ވެއެވެ.
ބުނެލަން ބޭނުމީ ތިމާގެ މައިންބަފައިން ވިޔަސް ރައްޓެހިން ވިޔަސް މީހަކާ އެއްކޮށް ރިލޭޝަނަކަށް ނުދަންހޭ ބުނާ ބުނުމަށް ބީރު ކަންފަތެއް ދޭށެވެ. އަދި ރަނގަޅު ދީންވެރި ސާލިހު ފިރިހެނަކު ކައިވެނި ކުރަން އަހައިފި ނަމަ ރިލޭޝަން އަކަށް ނުގޮސް ކައިވެނި ކުރާށެވެ.