ނަޞޭޙަތާއި އިރުޝާދު
ޤުރްއާނުގެ ބަގީޗާ : ސޫރަތުލް ޞާއްފާޠު

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

ﷲގެ ވަލީވެރިންގެ ޢިއްޒަތްތެރިކަމާއި އެކަލާނގެ ޢަދުއްވުންގެ ނިކަމެތިކަން

ސޫރަތުގެ މުހިއްމު ނުކުތާތައް

މި ސޫރަތުގައި އެކިއެކި ނަބީބޭކަލުންނަށް މާތްﷲގެ ނަޞްރު ލިބިގެންދިޔަގޮތުގެ ވާހަކަތައް އައިސްފައިވެއެވެ. މިގޮތުން ބަލާއިރު މި ސޫރަތުގައި ނަބީބޭކަލުންގެ ވާހަކަތައް އައިސްފައިވަނީ މި ދަންނަވާ ތަރުތީބުންނެވެ.

 

75 ވަނަ އާޔަތުން 82 ވަނަ އާޔަތަށް ނޫޙް عليه السلام
83 ވަނަ އާޔަތުން 109 ވަނަ އާޔަތަށް އިބްރާހިމް عليه السلام
114 ވަނަ އާޔަތުން 122 ވަނަ އާޔަތަށް މޫސާ عليه السلام
123 ވަނަ އާޔަތުން 130 ވަނަ އާޔަތަށް އިލްޔާސް عليه السلام
133 ވަނަ އާޔަތުން 138 ވަނަ އާޔަތަށް ލޫޠު عليه السلام
139 ވަނަ އާޔަތުން 146 ވަނަ އާޔަތަށް ޔޫނުސް عليه السلام

 

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

  • މާތްﷲގެ ވަލީވެރިން ގަންދެއްވައި ހުވާކުރައްވާފއނިޢްމަތްތަކުގެ ބަދަލުގައި ހެޔޮ ޢަމަލުތައް ގިނަ ކުރަން ޖެހޭނެކަން ބަޔާންކުރައްވައިފައިވެއެވެ.
  • ނޫޙް عليه السلام
  • އިބްރާހިމް عليه السلام
  • އިބްރާހީމް ޢަލަހިއްސަލާމަށް ފެނިވަޑައިގަތް ހުވަފެނުގެ ވާހަކައަށް ނަޒަރު ހިންގާލާއިރު، އިސްމާޢީލު ޢަލަހިއްސަލާމް ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބަން ދަސް ކޮށްދެއްވައިފައިވާ ވަރުގަދަކަން މި ޙާދިޘާއިން ހާމަ ވެގެން ދެއެވެ.
  • މޫސާ عليه السلام
  • އިލްޔާސް عليه السلام
  • ލޫޠު عليه السلام
  • ޔޫނުސް عليه السلام
  • ރޭގަނޑުގެ އަނދިރިކަމުގައި، ކަނޑުގެ ފުންކަމުގެ ތެރޭގައި، ބިޔަސިންގާ މަހެއްގެ ބަނޑުތެރޭގައި، ސަލާމަތްވެވަޑައިގަންނަވާނޭކަމުގެ އެއްވެސް އުއްމީދެއް ނެތް ޙާލަތުގައިވެސް، ﷲގެ ރަޙްމަތުން އުއްމީދުކަނޑުއްވާލެއްވުމެއްނެތި، ތަކްބީރު ތަޙްލީލް އެކަލޭގެފާނު ދަންނަވަމުންދިޔައެވެ. ޚުޝޫޢަތްތެރިކަމާއިއެކު، ﷲގެ ޙަޟްރަތަށް އިބްތިހާލުވެވަޑައިގެން، ފާފަ ފުއްސަވައިދެއްވުމަށް ދަންނަވަމުންދިޔައެވެ.

ސުލައިމާނުގެފާނު : ފާގަތިކަމާއި ތަނަވަސްކަން މާތްﷲދެއްވި އަޅުންގެ ތެރެއިން ފާހަގަކުރަންޖެހޭ ނަމޫނާތަކުގެ ތެރޭގައި ސުލައިމާނުގެފާނު ގުނާލެވެއެވެ.ސުލައިމާނުގެފާނަކީ ނަބީބޭކަލެކެވެ. ރަސްކަލެކެވެ. ނަބީބޭކަލެއްގެ ދަރިކަލެކެވެ. މާތްﷲ އެކަލޭގެފާނަށް އެހެން އެއްވެސްމީހަކަށް ނުދެއްވާފަދަ މުއްސަނދިކަމަކާއި ތަނަވަސްކަމަކާއި ބާރުގަދަ ވެރިކަމެއްދެއްވިއެވެ. އެކަލޭގެފާނުގެ ޚިދްމަތުގައި އިންސިންނާއި ދޫނިސޫފާސޫތްޕާއި ވަލުޖަނަވާރާއި ޖިންނިޝައިޠާނުން ލެއްވިއެވެ. އަދި މާތްﷲ އެކަލޭގެފާނަށް ވައިވެސް ކިޔަމަންކޮށްދެއްވިއެވެ. މީގެ އިތުރަށް މާތްﷲ އެކަލޭގެފާނަށް ދޫނިސޫފާސޫފީގެ ބަހުރުވަތައްވެސް އުގަންނަވާދެއްވިއެވެ.
ސުލައިމާނުގެފާނު މިމަތިވެރި ވެރިކަމާއި މުއްސަނދިކަމާއި އާރާއިބާރާމެދު ދެކެވަޑައިގަތީ އެއީ އެކަލޭގެފާނާ ކުރިމަތިކުރެއްވި އިމްތިޙާނެއް ކަމަށެވެ. قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ            النمل: ٤٠ – އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ  ފަޟްލުވަންތަވެރިކަމުންނެވެ.  އެއީ  އަހުރެން ނިޢުމަތަށް ޝުކްރުކުރަނީތޯ ، ނުވަތަ ދެކޮޅުވެރިވަނީތޯ އިމްތިޙާނުކުރެއްވުމަށްޓަކައެވެ. ޝުކްރުކުރާމީހާ ދަންނާށެވެ! ފަހެ، އޭނާ ޝުކްރުކުރާކަން ކަށަވަރީ ، ހަމައޭނާގެ އަމިއްލަ ނަފްސށެވެ. އަދި ނިޢުމަތަށް ދެކޮޅުހަދާމީހާ ދަންނާށެވެ. ! ފަހެ، ހަމަކަށަވަރުން ، އަހުރެންގެ ވެރިރަސްކަލާނގެއީ ފުދިވޮޑިގެންވާ ، ދީލަތިވަންތަ ރަސްކަލާނގެއެވެ. ”

މާތްﷲ ، ސުލައިމާނުގެފާނަށް މިގޮތަށް މިދެއްވި ނިޢުމަތްތަކުގެ ބޮޑުކަމާ އެކަމުން ކުރިމަތި މިކުރެއްވި އިމްތިޙާނުގެ ބޮޑުކަން ސުލައިމާނުގެފާނަށް އިޙްސާސްކުރެއްވުނެވެ. މި އިމްތިޙާނުން ފާސްވެވަޑައިގެންނެވުމަށްޓަކައި ވަރަށްބޮޑު ސަމާލުކަމެއްދެއްވަން ޖެހިވަޑައިގަންފައިވާކަން އެކަލޭގެފާނަށް އިޙްސާސްކުރެއްވުނެވެ. މިނިޢުމަތަށް ޝުކްރުވެރިވުމަށްޓަކައި ﷲގެޙަޟްރަތުން އެކަލޭގެފާނު ވާތްގަށް އެދިވަޑައިގަތެވެ. މާތްﷲ ވަޙީކުރައްވަނީ فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ النمل: ١٩- އަދި ސުލައިމާނުގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާ  އަށާއި  މިއަޅާގެ މައިންބަފައިންނަށް ދެއްވި ނިޢުމަތަށް  ޝުކްރުކުރުމަށާއި، އިބަރަސްކަލާނގެ  ރުހިވޮޑިގެންވާ  ޞާލިޙުޢަމަލުކުރުމަށް މިއަޅާއަށް އިލްހާމުކުރައްވާނދޭވެ!އަދި އިބަރަސްކަލާނގެ ރަޙްމަތްފުޅުން ، އިބަރަސްކަލާނގެ ޞާލިޙުއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! ”
އެދި ދުޢާ ދެންނެވިއެވެ. އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައެވެ.

0