ނަޞޭޙަތާއި އިރުޝާދު
ޙައްޖަށް ދިއުމުގެ ނަޞީބު މިފަހަރު ނުލިބުނު މީހުން އަޅުކަން ކުރުމުގައި ދެމިތިބި ގޮތަކީ ފަހެ ކޮބައިހެއްޔެވެ؟

ޙައްޖުމޫސުމެވެ. އެމޫސުމުގައި ﷲ ހަދުމަކޮށް ތަކުބީރުކިޔައި އުޅުމަށް އަންގަވާފައި އޮތް ބަސްފުޅުގައިވާ ފަދައިން ތިމާގެ މުދާ ހޭދަކުރުމަށް ފަހު ތިމާގެ އަހުލުވެރިންނާއި، ވަޒަން ދޫކޮށް މައްކާއަށް ގޮސް އަޅުކަމުގައި މަޝްޣޫލުވެ، އެކަމުގައި ޙައްޖާޖީން ވަގުތު  ހޭދަކުރެއެވެ. އެކަލާނގެ ގެފުޅުގައި ޠަވާފުކުރެއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތައް އަޅުކަމަށް ހުސްކުރެއެވެ. ދަމު ނަމާދާއި، ޟުޙާ ނަމާދު ކުރެއެވެ. ޒިކުރު ކުރުމާއި، ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރެއެވެ. ޙައްޖު މޫސުމުގެ މި މަދު ދުވަސްކޮޅުގައި އަޅުކަމުގައި ހީވާގިވެ، ޙަރަކާތްތެރި ވެއެވެ. އެއީ ޙައްޖުގެ އަޅުކަމަށް ގޮސް ތިބޭ ޙައްޖުވެރިންގެ ޢަމަލުތައް ހުރި ގޮތެވެ.

ހައްޖަށް ދިއުމުގެ ނަސީބު ނުލިބުނު މީހުން ޢަމަލުތަށް ބަހައްޓަން ކުރަންވީގޮތް ތަފްސީލުކޮށް ދެއްވާ ޚުތުބާގައި ވިދާޅުވީ “ ޙައްޖަށް ދިއުމުގެ ނަޞީބު މިފަހަރު ނުލިބުނު މީހުން އަޅުކަން ކުރުމުގައި ދެމިތިބި ގޮތަކީ ފަހެ ކޮބައިހެއްޔެވެ؟ ޙައްޖުވެރިން ފަދައިން އަޅުކަން ކުރުމުގައި ފަރުވާތެރިވެ ހީވާގިވެ ތިމާ އަދާކުރަން ޖެހޭ ވާޖިބު އަޅުކަން އަދާ ކުރާ ބަޔަކަށްވާށެވެ! ﷲ އަށްޓަކައި އަޅުކަން ޚާލިޞްކުރާށެވެ! އޭރުން މި މޫސުމް ހެޔޮގޮތުގައި ލިބޭ ބަޔަކު ކަމުގައި ﷲ ލައްވާނެއެވެ.

އިންސާނާ އަކީ ﷲ ގެ އަޅެކެވެ. ﷲ އަށް އީމާންވާ މީހާ އޭނާގެ މައްޗަށް ﷲ ފަރްޟު ކުރެއްވި ކަންތައްތައް އަދާކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާނެއެވެ. ﷲ މަނާކުރެއްވި ކަންތައްތަކާ ދުރުހެލިވާނެއެވެ. ﷲ ގެ ޙުދޫދުތަކަށް އަރަ އެއް ނުގަންނާނެއެވެ. ﷲ ގެ ޙުރްމަތްތަކަށް ރައްކައުތެރިވާނެއެވެ. ޙައްޖުވެރިޔާ އިޙްރާމް ބަންނަ ވަގުތުން ފެށިގެން އޭނާ އެވަނީ އޭނާގެ ނަފްސުގެ މައްޗަށް ޙައްޖުގެ މަނާސިކުތައް އަދާކުރުން ލާޒިމުކޮށްފައެވެ.

6