ޢިލްމު ޕޯސްޓްސް
މައްކާ

މައްކާ އަހަރެންނަށް ދަސްކޮށްދިނީ
އުމްރާއަށް އާދެވޭނެ މަގު ތަނަވަސްވުމަކީ ތިމާ ދެކެ ﷲތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމުގެ ހެއްކެކެވެ.
ތިބޭފުޅުން ދެކޮޅު ނުޖެހޭއިރުވެސް ލާރިކޮޅު އެއްކޮށްގެން މިތަނަށް ތިއައީ ކީއްވެ؟
ތި ބޭފުޅުންގެ ހިތުގައި ކޯއްޗެއް އޮންނާތީ؟
ހުރިހާ އެންމެންވެސް ﷲ ދެކެ ލޯބިވޭ.
އިސްލާމްދީނަށް އުޅެން ބޭނުންވޭ.
އެކަމަކު އަޅުގަނޑުމެންނަށް ބައެއް ފަހަރު ހަނދާންނެތެނީދޯ؟
އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ރަޙްމަތުން މިތަނަށް އާދެވުނީ.
އަޅުގަނޑުމެންނަށް ފެނޭ މީގެ ކުރީގައި ވިސާ ޖައްސާފަ، ޓިކެޓް ނަގާފަ، ކަޢުބަތުﷲ ގެފުޅަށް ނާދެވި އެބަހުރި
އަނެއް ބަޔަކު ޖިއްދާ އަށް އާދެވޭ ހިސާބުން މަރުވަނީ
އަނެއް ބަޔަކު ފުލައިޓު ތެރޭގައި މަރުވަނީ
އަނެއް ބަޔަކު އެކި ގޮތްގޮތް ވެގެން ނާދެވިފައި އެބަހުރި.
އެމީހެއްގެ ގެޔަށް އެމީހަކު ގެންދާނީ ވަރަށް ޚާއްސަ މީހުން
އެމީހެއްގެ ގެޔަށް މެހެމާނުންގޮތުގައި އައުމަށް ދަޢުވަތުދޭނީ ގެންދާނީ އެމީހަކު ލޯބިވާ މީހުންނަށް
އުމްރާއަށް އާދެވޭނެ މަގު ތަނަވަސްވުމަކީ ތިމާ ދެކެ ﷲތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމުގެ ހެއްކެއް
ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެ ލޯބިވާނަމަ ޢަލާމާތެއް ދައްކަން އެބަޖެހޭ. ކޮބާ އެ ޢަލާމާތަކީ
قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ (31)

މައްކާ އަހަރެންނަށް ދަސްކޮށްދިނީ، އަދުގެ ދަތި ހާލަތަށް ކެތްތެރިވެ، މާތް ﷲ އަށް ތަޤްވާވެރި ވެއްޖެނަމަ، މާދަމާގެ އުފާވެރިކަން ހާސް ފަށުން އިތުރުވެގެން ދާނެ ކަމެކެވެ. 

މައްކާ އަހަރެންނަށް ދަސްކޮށްދިނީ، ކަމެއް ދިމާވުމުން އަނެކާއަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ކުރިން އަމިއްލަ ނަފްސު އިޞްލާޙް ކުރުމުގެ މުހިންމު ކަމެވެ.

މައްކާ އަހަރެންނަށް ދަސްކޮށްދިނީ، ”ވެލީގެ ތޫފާން ތަކަށްފަހު“ މޫސުމް ރީތި ދުވަސްތައް އަންނާނެ ކަމެވެ.

މައްކާ އަހަރެންނަށް ދަސްކޮށްދިނީ، ވާދީތަކުގައިވާ ކޯރު ތަކުގެ މީރުފެން ބޯން ބޭނުން ކަމުގައި ވާނަމަ ސަހަރާގެ ހަނަފަސް ދުވަސްތަކެއް ހޭދަކުރަން ޖެހޭނެ ކަމެވެ. 

މައްކާ އަހަރެންނަށް ދަސްކޮށްދިނީ، އެކަކު އަނެކަކުގެ އުނި ސިފަތަކަށް ކެތްތެރިވެ، އޯގާތެރިކަމާއެކު ނަޞީޙަތް ދީގެން މެނުވީ ޙާލަތު ބަދަލު ނުކުރެވޭނެ ކަމެވެ. 

މައްކާ އަހަރެންނަށް ދަސްކޮށްދިނީ، ކާމިޔާބީއަށް ވާޞިލު ކޮށްދޭ އަވަސް މަގަކީ އެކަކު އަނެކާއި ގުޅިގެން އެކުވެރި ޖައްވެއްގައި ކުރެވޭ މަސައްކަތް ކަމެވެ. 

މައްކާ  އަހަރެންނަށް ދަސްކޮށްދިނީ، މިނާ، ޢަރަފާތު، މުޛްދަލިފާގެ ދަތި ޙާލަތަކީވެސް ވަގުތުކޮޅެއް ކަމެވެ. 

މައްކާ އަހަރެންނަށް ދަސްކޮށްދިނީ، ޤުރްއާނުގެ އަހުލުވެރިންގެ ތަޤްވާވެރިކަމާއި އެބައިމީހުންގެ ޙަޔާތް ބަރަކާތުން ފުރިގެން ވާކަމެވެ.

1