މުފްތީ މެންކް ވިދާޅުވެފައިވަނީ ކިތަންމެ ބޮޑަކަށް ފިލައި ހުރެ ސޯޝަލް މީޑިއާގައި ފޭކް ނަމެއްގައި ލިޔެގެން ނަމަވެސް އަދި ތަޞްވީރެއް، ނުވަތަ ކާޓޫނެއް ކުރަހައިގެން ނަމަވެސް އަދި އެނޫން ގޮތަކުން ނަމަވެސް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެ، ޙައްޤު ނޫން އިލްޒާމެއް އެއްވެސް މީހެއްގެ ބޮލުގައި އަޅުވައިފިނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެ ކަމަށެވެ. ކިތަންމެ ފޭކް ނަމެއްގައި ލިޔުނު ނަމަވެސް އެކަންކުރީ ކާކުކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާ ކަމަށެވެ. އެމީހެއްގެ ކޮނޑުގައި ތިއްބަވާ މަލާއިކަތުން އެމީހެއްގެ ފަތުގައި އެމީހާގެ އެ ޢަމަލު ލިޔުއްވަވާނެ ކަމަށެވެ.
އެހެންކަމުން މިބާވަތުގެ އަމަލުތައް ކުރާ މީހުން މިކަންކަމަށް އިތުރަށް ވިސްނައި ހޭލުންތެރިވެ ޢާޚީރަތް ހޯދަން ވިސްނުމުން ނޫނީ ދެން މެދުވެރިވެދާނެ ޙާލަތަށް ވިސްނައިލުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރެވެއެވެ.
މަސްދަރު: މިއަދު