ނަޞޭޙަތާއި އިރުޝާދު
ފާފައެއް ކުރުމަށްފަހު އެހެން މީހެއްގެ ބޮލުގައި ފާފަކުރިކަން އެޅުވުމަކީ ސުވަރުގެ ގެއްލިދާނެ ފަދަ ކަމެއް – މުފްތީ މެންކް

ފާފައެއް ކުރުމަށްފަހު އެހެން މީހެއްގެ ބޮލުގައި ފާފަކުރިކަން އެޅުވުމަކީ ސުވަރުގެ ގެއްލިދާނެ ފަދަ ކަމެއްކަމުގައި މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް ވިދާޅުވީ “ މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ! ފާފައެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވާށެވެ! އެކަމުގެ ޒިންމާ މިދުނިޔޭގައިވެސް އުފުލާށެވެ! ތެދުބަހުން ބުނެ ކުށަށް އިއްތިރާފްވާށެވެ! ހަމަ އެއާއެކު ފާފަ ނުކުރާ މީހުންގެ ބޮލުގައި އިލްޒާމްތައް އަޅުވައި ނުހަދާށެވެ! ތިމާއަށް ޔަޤީން ނުވާ ކަންކަމުގެ ވާހަކަ ނުދައްކާށެވެ! ދައކާނެ ވާހަކައެއް ނެތިއްޖެ ނަމަ ހަނު ހުންނާށެވެ! ކޮންމެހެން ވާހަކައެއް ދައްކަން ވެއްޖެ ނަމަ ތިމާއަށް ފައިދާހުރި ކަމެއްގެ ވާހަކަ ނޫނީ ނުދައްކާށެވެ. ފާފައެއް ކުރުމަށްފަހު އެހެން މީހެއްގެ ބޮލުގައި ފާފަކުރިކަން އެޅުވުމަކީ ސުވަރުގެ ގެއްލިދާނެ ފަދަ ކަމެކެވެ. އެއީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. ނިސާ ސޫރަތުގެ 112 ވަނަ ޢާޔަތް ބަލާށެވެ. ”އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ.

އިތުރަށް މުފްތީ ވިދާޅުވީ “ ނިކަން ވިސްނައިލަބަލާށެވެ! އެއް ގޭގައި އެކީ އުޅެމުން ތިމާއަށް ކުރެވޭ ކުދިކުދި ކަންކަން ބޮލުން ނައްޓާލައި އަޚާގެ ނުވަތަ އުޚުތާގެ ބޮލުގައި އެބަ އަޅުވަމުއެވެ. މިހުންނަނީ އާދައިގެ ކަންކަން ކަމުގައި ދެކޭ މީހުން މިއަދު މަދެއް ނޫނެވެ! އެއީ އެއްވެސް ކަމެއް ނޫން ކަމަށް މިއަދު ޤަބޫލުކުރެވުނު ނަމަވެސް އާޚީރަތް ދުވަހު އެކަންކަންވެސް އެމީހަކާއި ބައްދަލުކުރަނީ މީހަކަސް ކުރި ބޮޑެތި އަނިޔާގެ ގޮތުގައެވެ. ފާފައިގެ ގޮތުގައެވެ. ވީމާ ވިސްނުންތެރިވާށެވެ! އާޚިރަތް ދުވަހަށް ބިރުވެތިވާށެވެ!

 

މަސްދަރު: މުފްތީ މެންކް ފޭސްބުކް ޕޭޖް

0