ނަޞޭޙަތާއި އިރުޝާދު
ކަމެއްކުރުމަށް ދަތިވެ އުނދަގޫވެއްޖެ މީހާ މިދުޢާ ކިޔާލާ!

ކަމެއްކުރުމަށް ދަތިވެ އުނދަގޫވެއްޖެ މީހާ މިދުޢާ ކިޔާލާށެވެ.

(اللّهُـمَّ لا سَـهْلَ إِلاّ ما جَعَلـتَهُ سَهـلاً، وَأَنْتَ تَجْـعَلُ الْحَـزَنَ إِذا شِـئْتَ سَهـْلاً)

رواه ابن حبان ( 3 / 255 ) ، وصححه الألباني في ” السلسلة الصحيحة ” ( 2886 ) .

” އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ﷲ ފަސޭހަކޮށްދެއްވި ކަމެއް މެނުވީ ފަސޭހަވެގެންނެއްނުވެއެވެ. އަދި އިބަ ﷲ އެދިވޮޑިގެންފިނަމަ، އުނދަގޫކަންތައް ފަސޭހަކަމެއްގެ ގޮތުގައި ލައްވަމުއެވެ.”

ދުޢާ ކުރުމަކީ އަޅުކަމުގެ އަޞްލެވެ. އެ ދުޢާގެ ސަބަބުން މާތް الله އާއި ކުއްތަންވެއެވެ. އަދި އެ އިލާހަށް ހިތުގައި އޮންނަ ލޯބި އިތުރުވެއެވެ. ޙަޤީޤީ މުއުމިނަކީ އޭނާއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް الله ގެ ޙަޟްރަތުން މަދަދާއި އެހީތެރިކަމަށް އެދޭ މީހާއެވެ. އެ އިލާހަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.

މި ދުޢާއަށް ވެސް ނިކަން ވިސްނާލާށެވެ.ﷲ ފަސޭހަކޮށްދެއްވި ކަމެއް މެނުވީ ފަސޭހަވެގެންނެއްނުވެއެވެ. އެ އިލާހު އުނދަގޫކޮށްދެއްވައިފި ކަމެއް ފަސޭހަކޮށްދެއްވާނެ އެހެން ފަރާތެއްވެސް ނުވެއެވެ. އެހެން ކަމުން އަހަރެމެންނަށް އޮތީ އެފަރާތަށް ދުޢާކޮށް އަހަރެމެންނަށް އުނދަގޫވާ ކަންކަން ފަސޭހަކޮށްދެއްވުން އެދި ދެންނެވުމެވެ.

 

 

މަސްދަރުތައް:

ޙިސްނުލް މުސްލިމް

ދުރަރުއް ސަނިއްޔާ

 

73