ކޮންމެ މީހަކީވެސް އުފަލާއި އަރާމުގައި އުޅެން ބޭނުންވާނެ މީހެކެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އުފާވެރިކަން ގެނެސްދޭ ސަބަބުތަކުގައި ހިފުމެވެ. އެސަަބަބުތަކަކީ:
1- އީމާންތެރިކަމާއި ހެޔޮ ޢަމަލު.
2- ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން.
3- ދީނީ ޢިލްމު އުނގެނުން.
4- ގިނަގިނައިން ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުން.
5- އެހެން މީހުންނަށް ހެޔޮ ފޯރުވުން.
6- ތިބާއަށްވުރެ ދަތިޙާލުގައި އުޅޭ މީހުންގެ ޙާލަތާއިމެދު ވިސްނާ، ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުން.
7- އާޙިރަތްދުވަހަށް ތައްޔާރުވުމާއި ތިބާގެ ހުރިހާވެސް ކަންބޮޑުވުމަކީ ދުނިޔެ ކަމުގައި ނުހެދުން.
8- ޖަޒާލިބުމުގެ ގޮވައްޗަކީ އާޙިރަތްކަމުގައި ހިތުގެ އަޑިން ޤަބޫލް ކުރުމާއި، ދުނިޔެމަތީގައި ތިބާގެ ރޭވުންތަކާއި އެއްގޮތަށް ހުރިހާކަމެއް ނުގޮސްފާނެކަމަށް ޤަބޫލްކުރުން.
9- ހެޔޮލަފާ ޞާލިޙް އެކުވެރިން ގެންގުޅުން.
10- ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަމަށް އެދި ގިނަގިނައިން ދުޢާ ކުރުން.
މަޞްދަރު: ނާސިރު އަލްޢުމަރު، އަލްސަޢާދާ ބައިނަލް ވަހްމި ޙަޤީޤަތި.