ދީން
ލަޢުނަތްލެއްވިގެންވާ 11 ބާވަތެއްގެ މީހުން
1. ޔަހޫދީންނާއި ނަޞާރާއިން

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”‏ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏“ متفق عليه

މާނައީ: ”ﷲ ޔަހޫދީންނާއި ނަޞާރާއިންނަށް ލަޢުނަތްލެއްވިއެވެ. އެބައިމީހުންވަނީ، އެބައިމީހުންގެ ނަބިއްޔުންގެ ޤަބުރުތައް އަޅުކަންކުރާ ތަންތަން ކަމުގައި ހަދައިފައެވެ.

2. ރިބާ ކާމީހާ

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ”لَعَنَ رَسُولُ اللَّهِ صلى الله عليه وسلم آكِلَ الرِّبَا وَمُوكِلَهُ“ ‏رواه مسلم‏

މާނައީ: “ ރަސޫލުﷲ ﷺ ރިބާ ކާ މީހާއަށާއި ރިބާ ކާންދޭމީހާއަށް ލަޢުނަތްލެއްވިއެވެ.“

3. ދިރޭތަކެތީގެ ސޫރަ ހަދާ މީހާ

އަބޫ ޖުޙައިފާގެ އަރިހުން ރިވާވެގެންވެއެވެ. ”وَلَعَنَ الْمُصَوِّرَ“ رواه البخاري

މާނައީ: ”އަދި ރަސޫލުﷲ ﷺ ސޫރަހަދައި އުޅޭ މީހުންނަށް ލަޢުނަތްލެއްވިއެވެ.“

4. ޓެޓޫޖަހާ މީހާއާއި ޖަހައިދޭ މީހާ

އިސްވެދިޔަ ޙަދީޘްގައި ވެއެވެ. ”وَلَعَنَ الْوَاشِمَةَ وَالْمُسْتَوْشِمَةَ“

”ޓެޓޫ ޖަހާ އަންހެނާއަށާއި ޓެޓޫ ޖަހުވާ އަންހެނާއަށް ރަސޫލުﷲ ﷺ ލަޢުނަތްލެއްވިއެވެ.“

5. ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި އެއްޗެއް ކަތިލާ މީހާ

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ“ رواه مسلم

މާނައީ: ”ﷲ ފިޔަވައި އެހެން އެހެން އެއްޗެއް ފަރާތެއްގެ ނަމުގައި ޛަބަޙަކުރި މީހާއަށް(އެއްޗެއް ކަތިލިއަށް) ﷲ ލަޢުނަތްލެއްވިއެވެ.“

6. ބިމުގެ އިންތައް ބަދަލުކުރާ މީހާ

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ وَلَعَنَ اللَّهُ مَنْ غَيَّرَ مَنَارَ الأَرْضِ “ رواه مسلم

”ބިމުގެ އިންތައް ބަދަލުކުރާ މީހާއަށް ﷲ ލަޢުނަތްލެއްވިއެވެ.“

7. ވައްކަންކުރާ މީހާ

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”لَعَنَ اللَّهُ السَّارِقَ يَسْرِقُ الْبَيْضَةَ“ مُتَّفَقٌ عَلَيْهِ

މާނައީ: ”ވައްކަންކުރާ މީހާއަށް ﷲ ލަޢުނަތްލެއްވިއެވެ. އެމީހާ ވަގަށް ބިހެއް ނެގިކަމުގައިވިޔަސް މެއެވެ.“

8. އެމީހެއްގެ މައިންބަފައިންނަށް ލަޢުނަތްދޭ މީހާ

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”لَعَنَ اللَّهُ مَنْ لَعَنَ وَالِدَيْهِ“ ‏رواه مسلم‏

މާނައީ: ”އެމީހެއްގެ މައިންބަފައިންނަށް ލަޢުނަތްދީފި މީހަކަށް ﷲ ލަޢުނަތްލެއްވިއެވެ.“

9. ބުމަހަދާމީހާ

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “لَعَنَ اللَّهُ الْوَاشِمَاتِ وَالْمُسْتَوْشِمَاتِ وَالنَّامِصَاتِ وَالْمُتَنَمِّصَاتِ”‏رواه مسلم‏

މާނައީ: ”ޓެޓޫ ޖަހާ އަންހެނާއަށާއި ޓެޓޫ ޖަހުވާ އަންހެނާއަށާއި، ބުމަހަދާ އަންހެނުންނަށާއި ބުމަހަދުވާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ.

10. އެހެންމީހެއްގެ އިސްތަށި އެމީހެއްގެ އިސްތަށިގަނޑާ ގުޅުވާ އަދި ގުޅުވައިދޭ މީހާ

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ لَعَنَ اللَّهُ الْوَاصِلَةَ وَالْمُسْتَوْصِلَةَ“ مُتَّفَقٌ عَلَيْهِ

މާނައީ: ”އެހެންމީހެއްގެ އިސްތަށި އެމީހެއްގެ އިސްތަށިގަނޑާ ގުޅުވާ އަންހެނާ އަށާއި ގުޅުވައިދޭ އަންހެނާއަށް ﷲ ލަޢުނަތްލެއްވިއެވެ.“

11. އަންހެން ހެދިގެން އުޅޭ ފިރިހެނުންނާއި ފިރިހެން ހެދިގެން އުޅޭ އަންހެނުން

އިބްނު ޢައްބާސްގެފާނުގެ ވިދާޅުވިއެވެ. ”لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ‏.“ رواه البخاري

މާނައީ: ފިރިހެނުންގެ ތެރެއިން އަންހެން ހެދިގެން އުޅޭ ފިރިހެނުންނަށާއި، އަންހެނުންގެ ތެރެއިން ފިރިހެން ހެދިގެން އުޅޭ އަންހެނުންނަށް ރަސޫލުﷲ ﷺ ލަޢުނަތްލެއްވިއެވެ.“

 

ލަޢުނަތް ލެއްވުމަކީ ﷲ ގެ ރަޙްމަތުން އެމީހަކު ބޭރުކުރެއްވުމެވެ. ވީމާ، މިފަދަ ކަންކަމުން ދުރުވެ ރައްކާތެރިވެ ތިބުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެ އަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ.

6
  1. ބަބުލޫ......

    ތީ ރާއްޖޭގަ އާމުވެފަވާކަމެއް….

  2. Knowledge Seeker

    May Allah protect and forgive us