ނަޞޭޙަތާއި އިރުޝާދު
އިމާމު މީހާއާ އެންމެ ކައިރީގައި ތިބެން ޖެހޭނީ ޤުރުއާން އެންމެ ބޮޑަށް ދަންނަ މީހުން

އިމާމު މީހާއާ އެންމެ ކައިރީގައި ތިބެން ޖެހޭނީ ޤުރުއާން އެންމެ ބޮޑަށް ދަންނަ މީހުންނެވެ.

އިމާމު މީހާ ޤުރުއާން ކިޔަވަމުން ދަނިކޮށް އާޔަތެއް ހަނދާންނެތިއްޖެނަމަ، ނުވަތަ ނުބައިކޮށް ކިޔަވައިފިނަމަ، ދަންނަ މީހާ އިމާމަށް ކިޔައިދޭން ޖެހޭނެއެވެ.

މާތްاﷲ ރުއްސުންލެއްވި ޢަބްދުاﷲ ބުނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު ނަމާދުގައި رسول الله ﷺ ކިޔަވައި ވިދާޅުވަނިކޮށް އެކަލޭގެފާނަށް އޮޅިވަޑައިގަތެވެ. ދެން ނަމާދު ނިމުމުން އަޞްޙާބުބޭކަލުންނާ ދިމާއަށް ކުރިމަތިފުޅުލައްވާ އުބައްޔު ބުނު ކަޢުބަށް ވިދާޅުވިއެވެ. އަހުރެމެންނާ އެކު ނަމާދުކުރެއްވިންތޯއެވެ؟ އުބައްޔު ވިދާޅުވިއެވެ. އާދޭހޭ! އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ދެން ލައިނުދެއްވީ ކީއްވެގެންތޯއެވެ؟“(١)

(١) رواه أبو داود وابن حباّن والطّبراني وصححه الألباني.

 

މަސްދަރު:

📚 ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) ގެ ނަމާދު ވޯރކްޝޮޕްގެ ނޯޓްސް [كتاب الصلاة

5