ނަޞޭޙަތާއި އިރުޝާދު
ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ދެކެ ލޯބިވާ ކަމަށް ދަޢުވާ ކުރާނަމަ !!!

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެކެ ލޯބި ވެގެން މެނުވީ އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ އެއް ނުވާނެއެވެ. ކޮންމެ އިންސާނަކު އޭނަގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަދި އޭނާގެ މައިންބަފައިންނާއި އަނބި މީހާ އާއި ދަރިންނަށްވުރެވެސް ބޮޑަށް އަދި އެންމެހާ މީސްތަކުނަނަށް ވުރެވެސް ބޮޑަށް އޭނާ ލޯބިވާން ޖެހެނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަދެކެއެވެ.އެހެންނޫންނަމަ އޭނާއަކީ ފުރިހަމަ އީމާނެއްގައި ހުރި މީހަކަށް ނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބި ނުވާ މީހަކީ ﷲގެ ޙަޟުރަތުން އެމީހަކަށް ކޯފާއެއް އަތުވެދާނެ މީހެކެވެ. މިތާގައި އަޅުގަނޑު މިބަޔާންކޮށްލަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާންވީ ގޮތްތަކުގެ ބައެއް ކަންތައްތަކެވެ.

1- ނަފްސު ދެކެވާ ލޯތްބަށްވުރެ ބޮޑަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ލޯބިވުން

2- މައިންބަފައިންނާއި ދަރިންނަށްވުރެވެސް ބޮޑަށް  ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ލޯބިވުން

3- އަހުލުވެރިންނާއި މުދަލާއި އެންމެހާ މީސްތަކުންނަށް ވުރެވެސް ބޮޑަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުން

4-ﷲ އާއި ރަސޫލާއަށް ވުރެ ބޮޑަށް އެއްވެސް އެއް ޗެއް ދެކެ ލޯބިނުވުން

5- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިނުވެ ﷲދެކެ ލޯބިނުވެވޭނެ

6- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިނުވެ އީމާންކަމުގެ ފޮނިރަހަ ޙާޞިލްނުވާނެ

7- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާނަމަ ފެންނާނެ ބައެއް ޢަލާމާތްތައް ފެންނާނެއެވެ. އެއީ

-އެކަލޭގެފާނު ދުށުމަށާއި އެކަލޭގެފާނާއި އެކުގައި ވުމަށް ޝައުޤުވެރިވުން.

-އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ބޯލަނބާ ކިޔަމަންގަނެ ނަހީކުރެއްވެވި އެންމެހާ ކަންތައްތަކުން ދުރުހެލިވުން .

-އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީ ޝަރީޢަތާއި ޚިލާފް ކަންތަކުން ދުރުހެލިވުން.

8- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެވާލޯބި އިމްތިޙާން ކުރާނީ ކުރަންވާނެއެވެ. 

9- އަޅުގަނޑުމެންގެ ދަރިންނަށް ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަދެކެ ލޯބިވާން ދަސްކޮށްދެންވާނެ

10- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ އަޞްޙާބުން ބޭކަލުންވީ ލޯބި ދިރާސާކުރަންވާނެއެވެ. 

12- ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން

11- ކީރިތިރަސޫލާއަށް ކިޔަމަންތެރިވާންވާނެއެވެ.

12- ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން

 

0