ނަޞޭޙަތާއި އިރުޝާދު
އުއްމުލްމުުއުމިނީން ޢާއިޝާ رضي الله عنها ގެ ސީރަތު

އެއްރެޔަކު ރަސޫލާ صلى الله عليه وسلم އަށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ.
ފެހި ފަށުވި ސާލުކޮޅެއް ތުރުކުރައްވައިގެން ހުންނެވި އަންހެން ސާހިބާއެއް ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ގެނެވުނެވެ. އެ ސާހިބާ ގެނެސްދެއްވީ ޖިބްރީލް އަމީނެވެ.
ދެން ޖިބްރީލްގެފާނު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މި ކަމަނާއަކީ ކަލޭގެފާނުގެ ދެ ދުނިޔޭގެ އަނބިކަމަނާއެވެ. އެ ހަނދެއްފަދަ ރީތި އަންހެން ސޫރައަކީ އުއްމުލްމުުއުމިނީން ޢާއިޝާ رضي الله عنها އެވެ.
އެކަމަނާ ދުނިޔޭގެ އަލިކަން ދެެކެވަޑައިގަތީ ރަސޫލާ صلى الله عليه وسلم ގެ ނަބީކަމުގެ ފަސްވަނަ އަހަރުގައެވެ.
އެކަމަނާގެ 7 ވަނަ ކާފާފުޅު މުއްރަތާއި ހަމައިން ރަސޫލާ صلى الله عليه وسلم ގެ ނަސަބުފުޅާއި ގުޅެއެވެ.
އެކަމަނާގެ މަންމާފުޅަކީ ކިނާނަތު ވަންހައިގެ އުއްމު ރޫމާން رضي الله عنها އެވެ.
އެކަމަނާއަކީ ތައިމު ވަންހައިގެ ބޭކަނބަލެކެވެ. ތައިމު ވަންހައިގެ މަސްއޫލިއްޔަތަކީ މަރުގެ ދިޔައިގެ ކަންކަން ބެލެހެއްޓުމެވެ. މި މަސްއޫލިއްޔަތު އަދާ ކުރާ ބަޔަކު ނަސަބު ގެ ޢިލްމުގައި ފުންނާބު އުސްވުމަކީ އަޖައިބުކަމެއްނޫނެވެ.
ބައްޕާފުޅު އަބޫބަކުރު رضي الله عنه އަކީ ފޯރުންތެރި، ތަނަވަސް ބޭކަލެކެވެ.

ނަބިއްޔާ ﷺ ގެ އާއިލީ ދިރިއުޅުއްވުން އުއްމަތަށް ދަސްކޮށްދެއްވި ކަމަނާ

އެއްދުވަހަކު، ތާބިޢީ ބޭކަލަކު، ރަސޫލާ ﷺ ގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ އަރިހުން އެކަލޭގެފާނުގެ ގޭތެރޭގެ އުޅުއްވުމާ ބެހޭ ގޮތުން ސުވާލުކުރެއްވިއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ”އެކަލޭގެފާނު އުޅުއްވަނީ އެކަލޭގެފާނުގެ ޢާއިލާގެ ޚިދުމަތުގައެވެ. ދެން ނަމާދު ވަގުތު ޖެހުމުން ނަމާދަށް ނުކުންނަވައެވެ.“
رواه البخاري (676)

އެހެން ރިވާޔަތެއްގައި ހަމަ ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ”ގޭތެރޭގައި އެކަލޭގެފާނު އުޅުއްވީ ހަމަ އެހެންވެސް މީހުން އުޅޭ ގޮތަށެވެ. އެކަލޭގެފާނުގެ ހެދުންކޮޅު ދޮންނަވައެވެ. އަދި ބަކަރިން ކިރުފެއްލަވައެވެ. އަދި އަމިއްލަފުޅު ކަންކަން އަމިއްލައަށް ކުރައްވައެވެ.“
رواه أحمد (26194) ، وصححه الألباني في ”الصحيحة“ (671)

އެހެން ރިވާޔަތެއްގައި ވަނީ، ”އެކަލޭގެފާނު ހެދުންކޮޅު ފައްސަވައެވެ. ފައިވާންކޯޑުކޮޅު މަރާމާތުކުރައްވައެވެ. އަދި އެހެން ފިރިހެނުންވެސް ގޭތެރޭގެ މަސައްކަތްކުރާ ފަދައިން މަސައްކަތްކުރައްވައެވެ.“
رواه أحمد (24903) وصححه الألباني في ”صحيح الجامع“ (4937)

ކީިރިތި ޤުރުއާން ހިތްޕުޅު ދަސްބޭކަނބަލުން; މުފައްސިރާއިން; މުޙައްދިޘާއިން; ފިޤުހުވެރި އަދި ފަތުވާ ދެއްވި ޞަޙާބިއްޔާއިން މި ލިސްޓްތަކުގެ އެންމެ ކުރީގައި އޮންނަނީ ޢާއިޝަތުގެފާނުގެ ނަންފުޅެވެ.

 

 

21