ނަޞޭޙަތާއި އިރުޝާދު
އިސްލާމްދީނުގައި އަންހެން ކަނބަލުން ރައްކާތެރި ކުރައްވާފައިވާ މިންވަރު އިނގޭތަ؟

ލޮބުވެތި އުޚްތާއެވެ! އިސްލާމްދީނުގައި ތިޔަކަނބަލުންގެ ރައްކާތެރިކަމަށް ސަމާލުވެފައިވާ މިންވަރު ނިކަން ވިސްނާބަލާށެވެ!

ޝަރުޢީގޮތުން ހުއްދަ ކުރައްވާފައިވާ ޢަޤުދެއްގެ ދަށުން މާތް ﷲ ގެ މަތިވެރި އިސްމުފުޅުގެ ބަރަކާތުން ކުރެވޭ ކައިވެންޏަކާއި ނުލައި ހިލޭ ފިރިހެނަކު ތިބާގެ ގައިގައި ބީހުންވެސް އިސްލާމްދީނުގައި ވަނީ ޙަރާމް ކުރައްވާފައެވެ.
އަތްލުން ކީތްތޯއެވެ.ފިރިހެނުންގެ ބެލުންތައް ތިރިކުރުމަށް މާތް ﷲ ކީރިތި ޤުރުއާނުގައި ޞަރީޙަބަސްފުޅުން ވަނީ އަމުރު ކުރައްވާފައެވެ. އެކަނބަލުންގެ ގައިގައި ކޫރެއްވެސް އެޅުމުގެ ޖާގަ ނުދެއްވުމަށްޓަކައި ދަތުރެއްކުރާނަމަ މަހުރަމަކާއެކު މެނުވީ ދަތުރު ނުކުރުމަށް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. އަދި ހަމައެހެންމެ ހިލޭ ފިރިހެނަކާއި އަންހެނަކު ގައިގޯޅިވެ އެކަހެރިވުންވަނީ ޙަރާމްކުރައްވާފައެވެ.
ހިލޭ ފިރިހެނުންގެ ގާތުގައި އަންހެނާގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި، ވަސްގަދަ އަތަރާއި ސެންޓު ބޭނުން ކުރުން މަނާކުރެއްވީވެެސް، ހަމަ ތިޔަ ކަނބަލުންނަށް ގޯނާއެއް ވެދާނެތީއެވެ.
އަދި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތައް އައުރަ ނިވާކުރުމަށްވަނީ އަންގަވާފައެވެ.
އެހެންކަމުން އިސްވެ ބަޔާންވެދިޔަ ކަންކަމުން ހާމަވެގެންދަނީ އިސްލާމްދީނުގައި އަންހެނުންގެ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކުރައްވާފައިވާ މިންވަރެވެ.

ލޮބުވެތި އުޚްތާއެވެ! ތިބާ ﷲ ކަނޑަ އަޅުއްވާފައިވާ އިމުންބޭރުނުވާށެވެ. ތިބާއަށް ރައްކާތެރިކަން ލިބޭނީ ﷲ އަންގަވާފައިވާ ގޮތައް ތިމާގެ އުޅުން ބައްޓަންކުރެވިގެންނެވެ.

16