އިބުރަތްތެރި ވާހަކަ
ޝައްކު: އިންސާނާގެ ފެނުން ކޮށި ކުރުވައެވެ.

އެއްދުވަހަކު ދަރުކޮށާ މީހަކު ވަލުތެރެއަށްވަދެ ދަރުކޮށަން އުޅެފައި ކުރުނބައެއް ބޯން ޖައްސާލައިފިއެވެ. އިރުކޮޅެއްފަހުން އޭނާ ގެންގުޅުނު ކަތިވަޅި ނުފެނިގެން ވަރަށް ގިނައިރު ވަލުތެރެ ހޯދައިފިއެވެ. ތަންކޮޅެއްދުރުން ދަރުކޮށަން އުޅުނު ޒުވާން ކުއްޖެއްފެނިގެން ބަލާލިއިރު، އެއީ އޭނާގެ އަވައްޓެރިޔާގެ ދަރިއެކެވެ. ދަރުކޮށާމީހާއަށް އޭނާގެ ލާނެތް ހިނިއައުންފެނިފައި ހިތަށް އެރިއެވެ. ”ޝައްކެތް ނެތެވެ. މީނާ އަހަރެންގެ ކަތިވަޅި ވަގަށް ނެގީތާއެވެ. މިހިސާބުގައި މަށަށް ފާރަލައިގެން އޭނާ އުޅޭތާ ކިތަންމެ އިރެއްވެއްޖެއެވެ. އޭނާގެ ހަށިގަނޑުގެ ބަރުދަން އެއްފައިން އަނެއްފަޔަށް ބަދަލުކުރަމުން ދެފައިކޭޓަށް އަތްޖަހައިގެން ބަލަން ހުރިވައްތަރު ދެކޭށެވެ. އޭނާ ކަތިވަޅި ނަގަނިކޮށް ނުފެނުނަސް، ކަތިވަޅި ވަގަށް ނެގީ ހަމަ އޭނާއެވެ. އޭނާގެ މުޅި މޫނުގައި ލިޔެފައި އެއޮތީ އެވާހަކައެވެ.“

ޖެހިގެންއައި ދުވަހު ވަލަށްވަދެ ދަރުކޮށަން އުޅުމުގެ ތެރޭގައި ކުރީދުވަހު ގެއްލުނު ވަޅި ފެނިއްޖެއެވެ. އޭނާގެ ހަނދާން އައުވެއްޖެއެވެ. ވަޅި އެއޮތީ ކުރުނބާ ކަޑާފައި ބޭއްވިތަނުގައެވެ.

އިރުކޮޅަކުން އެއްކަލަ އަވަށްޓެރިޔާގެ ދަރިފުޅު ފެނިއްޖެއެވެ. ދަރުކޮށާމީހާ ހައިރާންވެގެން އަވަށްޓެރިޔާގެ ދަރިފުޅުގެ ބޮލުންފެށިގެން ބޮޑުވާ އިގިއްޔަށް ބަލާލިއެވެ. މިފަހަރަކު އޭނާގެ ފަރާތުން ކުށްވެރިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

 

މިއީ ދަރުމަ މަޖައްލާއިން ނެގިފައިވާ ލިޔުމެކެވެ.

0