ޝަޚްޞިއްޔަތު
ޢަބްދުއްރަޙްމާން އައްސުމައިޠު

މާތް ﷲ ގެ ދީނަށް ގޮވާލެއްވުމުގައި ޢަބްދުއްރަޙްމާން އެފްރިކާގައި 29 އަހަރު ހޭދަ ކުރިއެވެ. މި މުއްދަތުގެ ތެރޭގައި ޢަބްދުއްރަޙްމާން ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި :
ޢަބްދުއްރަޙްމާންގެ އަތް މައްޗަށް 11 މިލިޔަން މީހުން އިސްލާމް ވިއެވެ.
ޢަބްދުއްރަޙްމާން 5700 މިސްކިތް ބިނާކުރިއެވެ.
ޢަބްދުއްރަޙްމާން 15000 ޔަތީމުން ބެލެހެއްޓެވިއެވެ.
ޢަބްދުއްރަޙްމާންގެ ޚަރަދުގައި 860 ސްކޫލު ޢިމާރާތް ކުރެވުނެވެ.
ޢަބްދުއްރަޙްމާން 4 ޔުނިވަރސިޓީ ބިނާކުރިއެވެ.
ޢަބްދުއްރަޙްމާންގެ ބެލުމުގެ ދަށުން 204 ސިއްޙީ މަރުކަޒު ބިނާކުރެވުނެވެ.
ޢަބްދުއްރަޙްމާންގެ ބެލުމުގެ ދަށުން 9500 ވަޅުކޮނެވުނެވެ.
ޢަބްދުއްރަޙްމާން އަކީ ކުވައިތު ރައްޔިތެކެވެ.
ޢަބްދުއްރަޙްމާން ކައިވެނި ކުރިރޭގައި އަންހެނުން ގާތު ބުންޏެވެ. ”އެނގޭ ހެއްޔެވެ؟ ތިބާ އަކީ އަހަރެންގެ ފުރަތަމަ އަނތްބެއްނޫނެވެ. ދެވަނަ އަނބިމީހާ އެއްވެސް ނޫނެވެ. ތިންވަނަ އަނބިމީހާ އެއްވެސް ނޫނެވެ. ތިބާއަކީ އަހަރެންގެ ހަތަރުވަނަ އަނބިމީހާއެވެ.“ ޙައިރާންކަމާއިއެކު ޢަބްދުއްރަޙްމާންގެ އަނބިމީހާ، ޢަބްދުއްރަޙްމާންއާއި ސުވާލުތައް ފުނިފުންޏައް ކުރަން ފެށިއެވެ. “ އެ އަނބިންތައް ކޮބާ ހެއްޔެވެ؟ ކުރިންތިވާހަކަ ނުބުނީ ކީއްވެ ހެއްޔެވެ؟“ ހަމަޖެހިފައި ހުރެ ޢަބްދުއްރަޙްމާން ޖަވާބުދިނެވެ. އަހަރެންގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ އަނތްބަކީވެސް މާތް ﷲ ގެ ދީނަށް މީސްތަކުންނަށް ދަޢުވަތު ދިނުމެވެ. އަނބިމީހާ ހިނިތުންވެލާފައި ބުންޏެވެ. ”ތިބާފަދަ ފިރިއެއް ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދު ހުއްޓެވެ.“

0