އެއްވެސް ޝައްކެއްނެތް ގޮތުގައި އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އަހަރެމެންނަކީ މީހަކު ގޯސްކަމެއް ކުރާތަން ފެންނަ ހިނދު އެ އަމަލެއް ހުއްޓުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ ބައެކެވެ. މިއީ އިސްލާމްދީނުގައި އަހަރެމެން ކުރުމަށް އަމުރު ކުރައްވާފައިވާ ކަމެކެވެ. މުންކަރާތްތައް ހުއްޓުވުމުގެ މުހިންމުކަން ރަސޫލު ﷲ ﷺ މި .ޙަދީސްބަސްފުޅުން ހާމަވެގެންދެއެވެ
”އަބޫ ސަޢީދު އަލްޚުދްރީ رَضِي اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑު އެއްސެވީމެވެ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ނުބައިކަމެއް ފެނިއްޖެ ނަމަ، ފަހެ އޭނާގެ އަތުން އެ ކަމެއް ބަދަލު ކުރާށެވެ. (އެބަހީ: ޢަމަލީ ގޮތުން ހުއްޓުވާށެވެ.) ދެން އެ ކަން ކުރުމަށް ކުޅަދާނަވެގެން ނުވާ ނަމަ، ފަހެ އޭނާގެ ދުލުންނެވެ. (އެބަހީ: އެ ކަން ކުށްވެރިކޮށް، އޭގެ ނުބައިކަން ބަޔާންކޮށް ދޭށެވެ.) ދެން އެކަން ކުރުމަށް ވެސް ކުޅަދާނަވެގެން ނުވާ ނަމަ، ފަހެ އޭނާގެ ހިތުންނެވެ. (އެބަހީ: އެ ކަމަށް ނަފުރަތުކޮށް، އެ ކަން ހުއްޓުމަށް ހިތުން އެދޭށެވެ.) އަދި އެއީ އީމާންކަމުގެ އެންމެ ބަލިކަށި ދަރަޖައެވެ.“رَوَاهُ مُسْلِمٌ [0049]
ދިރިއުޅުމުގެ މިސާލަކަށް ބަލާލަމާތޯއެވެ.
އަހުމަދުގެ ބައްޕައަކީ އެއްވެސް ވަރަކަށް ނަމާދު ކުރާމީހެއް ނޫނެވެ. އަހުމަދު އަށް ބައްޕަ ރަނގަޅު މަގަށް ރުޖޫއަވޭތޯ ތަކުރާރުކޮށް ނަމާދު ކުރުމުގެ މުހިންމުކަން ބުނެދެއެވެ. އަދި ﷲ އަށް ބައްޕަ ކުއްތަން ވާނެ ކަމުގެ އުންމީދުގައި ނަމާދު ނުކުރާ މީހުންނަށް އާޙިރަތުގައި އަދި ދުނިޔޭގަ ލިބޭނެ އަބާއްޖަވެރިކަން ބުނެދީ ނަސޭހަތްތެރިވެއެވެ.
ނަތީޖާއެއްގެ ގޮތުން އަހުމަދުގެ ބައްޕައަށްވިސްނި ނަމާދު އޭގެ ވަގުތުގައި އަދާކުރަންފެށިއެވެ.
އިސްވެދިޔަ މިސާލަކީ މުންކަރާތެއް ދުލުންމަނާކުރާނެ ގޮތުގެ މިސާލެކެވެ.
ހަމައަކަނި އިސްލާހުކުރަން ޖެހޭނީ ތިމާގެ އަމިއްލަ ނަފްސުއެކަންޏެއް ނޫނެވެ. ތިމާގެ އާއިލާގެ މެމްބަރުންނާއި ރަޙްމަތްތެރިންވެސް މެއެވެ. ﷲ އަޅަމެންނީ މުންކަރާތެއް ފެންނަހިނދު އެކަން މަނާކުރާބަޔަކު ކަމުގައި ލައްވަވާށި.